ކ. މާލެ
|
24 ޖޫން 2025 | އަންގާރަ 13:10
ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް
ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
އެފްއޭއެމް
އެފްއޭއެމް އިން ކުލަބުތަކަށް ދީފައިވާ ފައިސާގެ އެންމެހައި ތަފްސީލު ހޯދަން އެދިއްޖެ
އެގޮތުން 2018 ވަނަ އަހަރުން ފެށިގެން، 2024 ވަނަ އަހަރާ ހަމައަށް، އެފްއޭއެމް އިން ކުލަބުތަަކަށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލު ހޯދުމަށް އެދިފައިވެ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ ކުލަބުކަށް ދޫކޮށްފައިވާ ފައިސާގެ އެންމެހައި ތަފްސީލުތައް ހިއްސާ ކުރުމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އެ އެސޯސިއޭޝަންގެ ކިބައިން އެދިއްޖެ އެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސް ޠަލާލް އެފްއޭއެމްގައި އެދިފައި ވަނީ، އެފްއޭއެމް އިން ކުލަބުތަކަށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލުތައް ހިއްސާ ކުރުމަށެވެ. އެގޮތުން 2018 ވަނަ އަހަރުން ފެށިގެން، 2024 ވަނަ އަހަރާ ހަމައަށް، އެފްއޭއެމް އިން ކުލަބުތަަކަށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލު ހޯދުމަށް އެދިފައިވެ އެވެ.

މީގެ އިތުރުން، އެފްއޭއެމް އިން ފައިސާ ދޫކޮށްފައިވާ ކުލަބުތަކުން، އެ ފައިސާ ޚަރަދު ކޮށްފައިވާ ގޮތާއި، އެ ފައިސާ ބޭނުން ކޮށްފައިވާ ގޮތުގެ ތަފްސީލު ހިއްސާ ކުރުމަށް ވެސް އެދިފައިވެ އެވެ. ހަމަ އެހެންމެ، އެފްއޭއެމް އިން ކުލަބުތަކަށް ޖަމާކޮށްފައިވާ ފައިސާ ޖަމާކޮށްފައިވާ އެކައުންޓުތަކުގެ ތަފްސީލު ހޯދުމަށް ވެސް ކޮމިޝަނަރު ވަނީ އެދިފަ އެވެ.

އެފްއޭއެމް އިން ކުލަބުތަކަށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލު ހޯދުމަށް ކޮމިޝަނަރ ޠަލާލް އެދިވަޑައިގެންފައިވާއިރު، އެފްއޭއެމް އިން ކުލަބުތަަކަށް ދީފައިވާ ފައިސާތަކަށް، ކުލަބުތަކުގެ އިސްވެރިން ޚިޔާނާތްތެރިވެފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން މީގެ ދެ ހަފުތާ ކުރިން، ޖޫން މަހުގެ 10 ވަނަ ދުވަހު ފުލުހުން ބުނެފައި ވަނީ އެފްއޭއެމް އަށް ބައިނަލްއަޤުވާމީ އިދާރާ ތަކުން ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

މީގެ ތެރޭގައި، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިއްސާވާ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެ އެސޯސިއޭޝަންގެ ފައިސާ ޖަމާކޮށް، އެ ފައިސާ އަށް ހިޔާނާތްތެރި ވެފައިވާ ކަމަށް ތުހުމަތ ުކުރެވޭ މައްސަލަ ވެސް ހިމެނޭ ކަމަށް ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖުގައި ވަނީ ބުނެފަ އެވެ.

އިތުރަށް އެ މެސެޖުގައި ފުލުހުން ބުނެފައި ވަނީ ކުލަބު ތަކަށް ސަބްސިޑީސްގެ ގޮތުގައި ދިން ފައިސާ އަށް ކުލަބު ތަކުގެ ވެރިން ޚިޔާތްނާތްތެރިވި މައްސަލަ ފާހަގަ ކުރެވުމުން، އެކަން ވެސް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

އެފްއޭއެމް އިން ކުލަބުތަކަށް ފައިސާ ދޭން ފެށީ ބައްސާމްގެ ދައުރުގަ އެވެ. އެއީ އެފްއޭއެމްގެ ރައީސް ކަމުގެ ދެ ވަނަ ދައުރަކަށް އިންތިޚާބު ވުމަށް، ކުލަބުތަކުގެ ކިބައިން ބައްސާމް ވެފައިވާ ވައުދެކެވެ.

- ކޮމެންޓް