ކ. މާލެ
|
23 ޖޫން 2025 | ހޯމަ 18:47
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސް މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑަތުމަށް ބާއްވާ ޖަލްސާގެ ތައްޔާރީތައް
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސް މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑަތުމަށް ބާއްވާ ޖަލްސާގެ ތައްޔާރީތައް
ރާއްޖެއެމްވީ
އެމްޑީޕީ ޖަލްސާ
ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާއި ގުޅިވަޑައިގަތުން - ޖަލްސާގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި
ޖަލްސާ ބާއްވާތަނަން ކަރަންޓް ނުދީ ހިފެހެއްޓި
ދާދި ފަހުން ދަ ޑިމޮކްރަޓްސް އިން ވަނީ އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ބައްދަލުވުމެއް ބާއްވައި، އެ ޕާޓީގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅުމަށް އިޤުރާރުވެފަ އެވެ. އަދި އެ ޕާޓީ އިން ވަނީ އެކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސް މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑަތުމާއި އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ޕާޓީން މިރޭ ބާއްވާ ޖަލްސާގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

އެ ޕާޓީން ވަނީ އެ ޖަލްސާ ހޯމަ ދުވަސް ކަމަށްވާ ޖޫން 23 ވަނަ ދުވަހުގެ ރޭ 21:00ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހާމަކޮށްފައެވެ. ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވީ މިއަދު މެންދުރާއި ހިސާބަށް އައި އިރު ވެސް އެތަނަށް ކަރަންޓު ދީފައި ނުވާ ކަމަށެވެ. އެހެންވެގެން މަސައްކަތް މަޑު ޖެހުނު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެނގިފައިވާ ގޮތުން މިހާރު ޖަލްސާ އޮންނަ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ. މި ޖަލްސާއަށް ވީހާވެސް ގިނަ ބަޔަކު އައުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

އެންމެ ފުރަތަމަ އެމްޑީޕީގެ ޖަލްސާ ބާއްވަން ތަނެއް ނުދިނުމުން އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް ވަނީ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީ އާއި ގުޅުމާއި އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުުމަށް ޖަލްސާ ބާއްވަން ތަނެއް ނުދިނުމުން މުލިއާގޭ ކަންމަތީގައި ޖަލްސާ ބާއްވަން ގަސްތުކުރާ ކަމަށް އޭރު ވިދާޅުވެފައެވެ. އެގޮތުން ފައްޔާޒް ވިދާޅުވީ އެގޮތަށް އެކަން ކުރަން ގަސްތު ކޮށްފައިވަނީ އެކަމަށްޓަކާ ކުރި މަސައްކަތަށް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ އެ ހަފްލާތައް ބޭއްވުމަށް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ ކަމަށެވެ.

ޖަލްސާ ބޭއްވުމަށް ތަނެއް ސަރުކާރުން ދީފައި ވަނީ އެއަށް ފަހުގައެވެ.

- ކޮމެންޓް