ކ. މާލެ
|
20 ޖޫން 2025 | ހުކުރު 12:52
މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް
މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް
ރާއްޖެއެމްވީ
ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސާނަން: މިނިސްޓަރު ނާޒިމް
ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު
ވޭތުވެދިޔަ ތަނުގައި އެސްޓިއޯއިން ރާއްޖެއަށް އެތެރެ ނުކުރާހާ ގިނަ އައިޓަމްތަކުގެ ބޭސް ރާއްޖެ އަށް އެތެރެކޮށްފައިވޭ
މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުން ބޭސް ނުލިބޭ ކަމަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދަނީ ބުނަމުން

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކާއި، ޓާރޝަރީ ހޮސްޕިޓަލްތަކުގެ އިންޕޭޝަންޓުންނަށް އެ ހެލްތު ފެސިލިޓީއަކުން ބޭސް ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ބޭސް ލިބުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުން ވޭތުވެދިޔަ ތަނުގައި އެސްޓީއޯއިން ރާއްޖެއަށް އެތެރެ ނުކުރާހާ ގިނަ އައިޓަމްތަކުގެ ބޭސް ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމަށެވެ.

ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި މިނިސްޓަރު ނާޒިމް ވިދާޅުވީ މި ނިޒާމްގެ ތެރެއިން މެދު ނުކެނޑި ބޭސް ލިބޭނެ ގޮތް ހެދުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ޝަކުވާ ނުކުރާ ވަރަށް ރައްޔިތުންނަށް ފަސޭހަ އިން ބޭސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ އަމާޒެއް ކަމަށެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދާ މަސައްކަތަކީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ ޕޭޝަންޓުންނަށް ހޮސްޕިޓަލް ނިޒާމްގެ ތެރެއިން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް ވެސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކައި ޓާރޝަރީ ހޮސްޕިޓަލްތަކުގެ އިންޕޭޝަންޓުންނަށް އެ ހެލްތު ފެސިލިޓީއަކުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެހެނިހެން ހެލްތު ފެސިޓީތަކުގައި ވެސް މި ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ނާޒިމް މިމޭރުމުން ވާހަކަދެއްކެވި ނަމަވެސް އަދިވެސް މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުން ބޭސް ނުލިބޭ ކަމަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. ދާއިމީ ބަލިތަކަށް ކާ ބޭހުގެ އިތުރުން ކުޑަ ކުދިންގެ ބައެއް ބޭސްތައް ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ.

މީގެ އިތުރުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ ޕޭޝަންޓުންނަށް ހޮސްޕިޓަލް ނިޒާމްގެ ތެރެއިން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއިރު، މި ޚިދުމަތަކީ ކުރީ ސަރުކާރުގައި ދެމުން އައި ޚިދުމަތެކެވެ. އެ ހޮސްޕިޓަލުން ޕޭޝަންޓަށް ބޭނުންވާ ހުރިހާ ބޭހެއް ލިބެއެވެ. ނަމަވެސް މިސަރުކާރުން އާސަންދަ ޚިދުމަތް ހަރުދަނާ ކުރި އުސޫލާއެކު، ބޭސް ލިބުމަށް ވަރަށް ބޮޑަށް ދަތިވެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރާ ޕޭޝަންޓުންނަށް ވެސް ބޭސް ނުލިބޭ މައްސަލަ ބޮޑެވެ. އަދި ގިނަ ފަހަރަށް ޑޮކްޓަރުން ރާއްޖެއިން ލިބޭ ބޭސްތައް ބެލުމަށްފަހު، ބޭސް ސިޓީ ވެސް އެތައް ފަހަރެއްގެ މަތިން ބަދަލު ކުރަން ޖެހޭ ކަމަށް އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ.

- ކޮމެންޓް