ކ. މާލެ
|
19 ޖޫން 2025 | ބުރާސްފަތި 12:30
އީރާނުން އިސްރާއީލާ ދިމާއަށް މިސައިލެއް ފޮނުވާލަނީ - 2025, ޖޫން 18
އީރާނުން އިސްރާއީލާ ދިމާއަށް މިސައިލެއް ފޮނުވާލަނީ - 2025, ޖޫން 18
ގެޓީއިމޭޖަސް
އިސްރާއީލް
އީރާނުގެ އިންޒާރެއް އަވައްޓެރިންނަށް - އެމެރިކާގެ ހަމަލާ އަށް ބިން ބޭނުން ކުރަން ހުއްދަ ދޭ ގައުމުތަކަށް ހަމަލާ ދޭނަން
ބުދަ ދުވަހު ބައެއް އަރަބި މީޑިއާ އިން ރިޕޯޓުކޮށްފައި ވަނީ، އިރާނުން ޤަޠަރު މެދުވެރިކޮށް ޕާރޝިއަން ގަލްފްގެ ހުރިހާ ޤައުމުތަކަށް މެސެޖެއް ފޮނުވާފައިވާ ކަމަށް

އީރާނާ ދެކޮޅަށް އެމެރިކާގެ ހަމަލާ އަކަށް އެ ޤައުމުތަކުގެ ބިން ބޭނުން ކުރުމަށް ހުއްދަ ދީފި ނަމަ އެ ގައުމުތަކަށް ހަމަލާ ދިނުން ހުއްދަ ވާނެ ކަމަށް ބުނެ އީރާނުން ގަލްފްގެ އަވައްޓެރި ޤައުމުތަކަށް އިންޒާރުދީފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާ އިން ބައިވެރިވާނެ ކަމުގެ މޭރުމަކުން އެންމެ ފަހުން ވާހަކަފުޅު ދައްކަވާފައެވެ.

ބުދަ ދުވަހު ބައެއް އަރަބި މީޑިއާ އިން ރިޕޯޓުކޮށްފައި ވަނީ، އިރާނުން ޤަޠަރު މެދުވެރިކޮށް ޕާރޝިއަން ގަލްފްގެ ހުރިހާ ޤައުމުތަކަށް މެސެޖެއް ފޮނުވާފައިވާ ކަމަށެވެ.

އެ މެސެޖުގައި އިންޒާރު ދީފައިވަނީ، އެ ޤައުމުތަކުގެ ބިމުން އިރާނަށް އެމެރިކާ އިން ހަމަލާ އެއް ދޭ ހާލަތެއް ގައި އެ ޤައުމުތަކަކީ ޤާނޫނީ ގޮތުން އަމާޒު ކުރެވިދާނެ ތަންތަން ކަމުގައި ވެދާނެ ކަމަށެވެ.

ފަހަކަށް އައިސް ޓްރަމްޕް ވަނީ އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލަ ނަންގަވައި، އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، އިރާނާ ދެކޮޅަށް ތަކުރާރުކޮށް ހަނގުރާމައިގެ ރަނގަބީލު ޖައްސަވާފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އެދުމުގެ މަތިން އިރާނާ ދެކޮޅަށް ސީދާ އަސްކަރީ ޢަމަލުތަކެއް ހިންގުމުގެ ނިޔަތް އޭނާ ފާޅުކޮށްފައިވީ ނަމަވެސް، އެމެރިކާގެ މީޑިއާ ރިޕޯޓުތަކުން ދައްކާ ގޮތުގައި އޭނާ އަށް ލަފާދޭ ފަރާތްތަކުން މިފަދަ އަސްކަރީ ހަރަކާތެއް ހިންގުމާ ދެކޮޅަށް ވަރަށް ހަރުކަށި އިބާރާތުން ވާހަކަދައްކާފައިވެއެވެ.

އިރާނާ ދެކޮޅަށް އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމައިގައި އެމެރިކާއިން ސިދާ އަތްބާނައިފިނަމަ އެކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

- ކޮމެންޓް