ކ. މާލެ
|
16 ޖޫން 2025 | ހޯމަ 12:05
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް 20
ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ހިދުމަތް ދޭކަށް އެބޭފުޅުން ބޭނުމެއްނުވެ: ނާޒިލް
ސިޔާސީ ވަޒީފާއަށް އިތުރުވެފައި އޮތް ދެހާސް މީހުންގެ ވަޒީފާގެ މުސާރައަކީ 600 މިލިއަން ރުފިޔާ އަށްވުރެ ބޮޑު އަދަދެއް

ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ހިދުމަތްދޭކަށް އެބޭފުޅުން ބޭނުންނުވާ ކަމަށާއި އެބޭފުޅުން ބޭނުންވަނީ މަރުކަޒީކޮށް ބާއްވާފައި، ލާމަރުކަޒީ، މަރުކަޒީ ނިޒާމަކަށް ބަދަލުކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވާ ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ މަރުކަޒީކޮށް ބާއްވާފައި، ލާމަރުކަޒީ، މަރުކަޒީ ނިޒާމަކަށް ބަދަލުކުރުމުގެ ވިސްނުން އަބަދުވެސް އެބޭފުޅުން ގެންގުޅުއްވާ ކަމަށެވެ. އަދި 15 އަހަރުވެގެން ދިޔައިރު 15 އިސްލާހު ގެނެވުނު ވާހަކަދެއްކި އިރު އެމްޑީޕީއަށް ވެރިކަންތަކުގައި ގެނެވިފައިވާ އިސްލާހު ތަކަކީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ގެނެވިފައިވާ އިސްލާހުތަކެއް ކަމަށާއި އަދި ގިނަ އިސްލާހުތަކަކީ އޭރު ބޭއްވުނު އިންތިހާބުތަކާއި ގުޅިގެން ބޭއްވިފައިހުރި އިސްލާހުތަކެއް ކަމަށް ނާޒިލް ވިދާޅުވިއެވެ. މުޅި ނިޒާމު ބަދަލުކޮށް ނުވަތަ މުޅި ނިޒާމު އޮޅުވާލަން ގެނެވުނު އިސްލާހުތަކެއް ނޫންކަން ނާޒިލް ފާހަގަކުރެއްވިއެވެ.

އެމްޑީޕީން ބޭނުންވީ ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް ހިދުމަތް ދެވޭނެ ނިޒާމެއް ނުވަތަ ރަށު ކައުންސިލްތަކެއް އުފެއްދުންކަމަށާއި އެގޮތުން 3 އަހަރުން އޭރު އިންތިހާބު ކުރެވުނު ކައުންސިލަތައް 5 އަހަރަށް ބަދަލުކޮށް އަދި އޭގެ އިތުރަށް ތިން ކައުންސިލަރުން ހިންގަމުން އައި ކައުންސިލްތައް ފަސް ކައުންސިލަރުންނަށް ބަދަލުކުރެވުނު ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ޑަބްލިއުޑީސީ އާއި އެކީގައި ކައުންސިލަތަކަށް 33 ޕަސެންޓުގެ އަންހެން ބޭފުޅުންވެސް އިލެކްޓް ކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވާކަން ނާޒިލް ފާހަގަކުރެއްވިއެވެ.

މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އެބޭފުޅާގެ ވަޒީރުކަމުގައި، ޕީޕީއެމް ވެރިކަމުގައި އެލްޖީއޭ ހިންގުމާއި ހަވާލުވެ ހުރެ ކައުންސިލަތަކުގެ ބާރު މުޅި އަތަށް އޮޅާލައިގެން އެހުރިހާ ކައުންސިލްތަކުގެ ކައުންސިލަރުން ސަސްޕެންޑުކޮށް މުޅި ކައުންސިލަތަކުގެ ނިޒާމު އެކީގައި ހަލާކުކޮށްލި ވެރިޔާ އޭރު، އެވެރިޔާ މިހާރު މިހިރީ ދިވެހި ރައްޔިތުންގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި އިސްވެ ހުންނަވައިގެން އަނެއްކާވެސް މި ލާމަރުކަޒީގޮތުން ރަށްތަކަށް ލިބިފައި މިއޮތް ބާރު މަރުކަޒީ ކުރުމުގެ ވިސްނުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން، އެންމެ ފުރަތަމަ ވެރިކަމާއި ހަވާލުވި ދުވަހުން ފެށިގެން އެބޭފުޅާ އެގެންދަވަނީ އެގޮތަށް އެ އަމަލު ކުރަށްވަމުން،

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

މީގެ އިތުރުން ނާޒިލް ވިދާޅުވީ ހަގީގަތުގައި މިބޭފުޅުންނަށް މި ނިޒާމު އެހާ ސާފު ނުވާކަމަށާއި އަތޮޅު ކައުންސިލްގެ ބޭނުމަކީ ރަށު ކައުންސިލަތަކަށް އެފުރުސަތުތަށް ފަހިކޮށްދިނުން ކަމަށެވެ. އަތޮޅު ކައުންސިލްތަކުގައި ލޯޔަރު ބެހެއްޓޭނެ ފުރުސަތު އޮންނާނެ ކަމަށާއި އިންޖީނިއަރުންނާއި ޑިޒައިނަރުން ވެސް ބެހެއްޓޭނެކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ. ނާޒިލް ފާހަގަކުރެއްވި ގޮތުގައި އަތޮޅު ކައުންސިލް އުވާލުމުގެ ވިސްނުން ގެންގުޅުއްވަނީ އެބޭފުޅުންނަށް އަތޮޅު ކައުންސިލްތަށް ހިނގަނީ ކިހިނެއް ކޮންގޮތަކަށް ކަން ނޭނގޭތީއެވެ.

ނާޒިލް ވިދާޅުވީ، 2 ކައުންސިލަރުން މަދުކޮށްލީމާ އެ މަދުވަނީ ބަޖެޓުން 30 މިލިއަނާއި 40 މިލިއަނާއި ދޭތެރޭގެ އަދަދެއް ކަމަށެވެ. އަދި ސިޔާސީ ވަޒީފާއަށް އިތުރުވެފައި އޮތް ދެހާސް މީހުންގެ ވަޒީފާގެ މުސާރައަކީ 600 މިލިއަން ރުފިޔާ އަށްވުރެ ބޮޑު އަދަދެއް ކަމަށް ނާޒިލް ވިދާޅުވިއެވެ.

- ކޮމެންޓް