ކ. މާލެ
|
15 ޖޫން 2025 | އާދީއްތަ 13:21
ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ފުލުހުންގެ ތަފާސް ހިސާބުތައް
މި އަހަރު މިހާތަނަށް ވައްކަމާ ގުޅުންހުރި 1،372 މައްސަލަ އަދި ހިޔާނާތުގެ 160 މައްސަލަ ހުށަހަޅާފައިވޭ
އެކްސިޑެންޓުގެ 1،342 މައްސަލައެއް ރިޕޯޓުކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ

މި ތަފާސްހިސާބުތަކުން ދައްކާގޮތުން، ކުށްކުރުމުގެ މައްސަލަތައް މަދުވަމުން ނުދާކަން ހާމަވެއެވެ.

ފުުލުހުންގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މި އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ވައްކަމާ ގުޅުންހުރި 1،372 ވަނީ ހުށަހަޅާފައެވެ.

ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައްކަން ފާހަގަކޮށްލެވެއެވެ. އެކްސިޑެންޓުގެ 1،342 މައްސަލައެއް ރިޕޯޓުކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، މި އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ 798 މައްސަލަ ވަނީ ހުށަހަޅާފައެވެ. މާރާމާރީގެ 268 މައްސަލަ ވެސް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ފޭރުމުގެ 108 މައްސަލަ އަދި ޖިންސީ ކުށްތަކުގެ 110 މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާއިރު ގެވެށި އަނިޔާގެ 104 މައްސަލަވެސް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މުދާ ގެއްލިގެން 423 މައްސަލަ އަދި މުދަލަށް ގެއްލުން ދިނުމުގެ 263 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި ޗެކު ބައުންސްވުމުގެ 2 މައްސަލައާއި، ހިޔާނާތުގެ 160 މައްސަލަ ހުށަހަޅާފައިވެއެވެ.

- ކޮމެންޓް