ކ. މާލެ
|
10 ޖޫން 2025 | އަންގާރަ 15:41
ޔޫކްރެއިންގެ ކީވް އަށް ރަޝިޔާ އިން ދިން ޑްރޯން ހަމަލާތަކެއް އަމާޒުވި ސަރަހައްދުގައި އަލިފާން ނިއްވަން ފަޔާ ފައިޓަރަކު މަސައްކަތް ކުރަނީ -  ޖޫން 10، 2025
ޔޫކްރެއިންގެ ކީވް އަށް ރަޝިޔާ އިން ދިން ޑްރޯން ހަމަލާތަކެއް އަމާޒުވި ސަރަހައްދުގައި އަލިފާން ނިއްވަން ފަޔާ ފައިޓަރަކު މަސައްކަތް ކުރަނީ - ޖޫން 10، 2025
ރޮއިޓަރސް
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ޔޫކްރެއިންގެ ވެރިރަށް ކީވް އަށް އަނެއްކާ ވެސް ގަދަފަދަ ހަމަލާތަކެއް ރަޝިޔާ އިން ދީފި
ރަޝިޔާ އިން ހޯމަ ދުވަހުގެ ރޭ ޔޫކްރެއިން އަށް 315 ޑްރޯން އަދި 7 މިސައިލް ހަމަލާ ދީފައިވެއެވެ.

ޔޫކްރެއިންގެ ވެރިރަށް ކީވް އަށް އަނެއްކާ ވެސް ގަދަފަދަ ހަމަލާތަކެއް ރަޝިޔާ އިން ދީފިއެވެ.

ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ވިދާޅުވީ ރަޝިޔާ އިން ހޯމަ ދުވަހުގެ ރޭ އެ ޤައުމަށް 315 ޑްރޯން އަދި 7 މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.

އެމެރިކާ އަށް ޒެލެންސްކީ ގޮވާލެއްވީީ "ރަޝިޔާ އިން ސުލްޙަ އަށް މަޖުބޫރު ކުރުމަށް" އެ ޤައުމުގެ "ބާރު" ބޭނުން ކުރުމަށެވެ.

ހަނގުރާމައިގައި ސުންނާފަތި ވަމުންދާ ޔޫކްރެއިން ގެ އެއަރ ފޯސް އިން ބުނެފައިވަނީ މި ހަމަލާގެ މައިގަނޑު އަމާޒަކީ ވެރިރަށް ކީވް ކަމަށެވެ. އެއަރފޯސް އިން ބުނީ 284 ޑްރޯން އަދި ހުރިހާ މިސައިލްތަކެއް މަތަކުރެވުނު ކަމަށެވެ.

ދެކުނުގެ ބަނދަރު ސިޓީ އޮޑެސާ އަށް ދިން ޑްރޯން ހަމަލާއެއްގައި މަދުވެގެން ދެ މީހަކު މަރުވެ އަދި އެތައް ބަޔަކަށް ޒަޚަމްވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު ވިދާޅުވެފައިވެއެވެ.

އަނެއް ކޮޅުން ޔޫކްރެއިންގެ ޑްރޯން ހަމަލާ އަކާ ގުޅިގެން، އޮފިޝަލުން ބުނެފައިވަނީ, މޮސްކޯ އަދި ސެންޓް ޕީޓަރސްބަރގް އަށް ޚިދުމަތްދޭ ހުރިހާ ވައިގެ ބަނދަރުތަކެއް ވަގުތީ ގޮތުން ބަންދު ކުރެވުނު ކަމަށެވެ.

ނަމަވެސް މި ހަމަލާތަކުން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

- ކޮމެންޓް