ކ. މާލެ
|
8 ޖޫން 2025 | އާދީއްތަ 12:37
ލ.ގަމުގެ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު
ލ.ގަމުގެ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު
ޕޮލިސް
ނުރައްކާތެރި އެކްސިޑެންޓެއް
ގަން ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެމީހަކަށް ސީރިއަސް އަނިޔާތަކެއް
މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ފިރިހެން މީހާއަށް އަނިޔާއެއް ނުލިބޭ
މި އެކްސިޑެންޓްގައި ދެ އުޅަނދަށް ވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައިވޭ

ލ.ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ، ގަން ލިންކް ރޯޑްގައި އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލަކާއި، ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް ހޮނިހިރު ދުވަހުގެ ރޭ 7:03 ގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ސައިކަލުތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ.

އެގޮތުން ސައިކަލު ދުއްވަން އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ފައިގެ ދެތަނަކުން ބިނދި، ބޯފެޅި އިތުރު އަނިޔާވެފައިވާ ކަމަށެވެ. އަދި ފަހަތުގައި އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބޯ ދެ ތަނަކުން ފެޅި ކަނާއަތުގެ ފައި ދެ ތަނަކުން ބިނދި، އިތުރު އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ފިރިހެން މީހާއަށް އަނިޔާއެއް ނުލިބޭ ކަމަށެވެ.

މި އެކްސިޑެންޓްގައި ދެ އުޅަނދަށް ވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގަން ލިންކް ރޯޑުގައި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި، މީހުން ފުރާނަ ގެއްލިފައިވެއެވެ. ވެހިކަލް ދުއްވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއްދީގެން، ސްޕީޑްގައި ބަލައިގެން ދުއްވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.

- ކޮމެންޓް