ކ. މާލެ
|
7 ޖޫން 2025 | ހޮނިހިރު 11:04
ރޯމާގެ އެއްބަސްވުމުގައި ގަސްޕެރީނީ ސޮއި ކުރަނީ
ރޯމާގެ އެއްބަސްވުމުގައި ގަސްޕެރީނީ ސޮއި ކުރަނީ
ރޮއިޓަރސް
ރޯމާ
ރޯމާގެ ކޯޗަކަށް ގަސްޕެރީނީ ހަމަޖައްސައިފި
ރޯމާގެ ކޯޗަކަށް ގަސްޕެރީނީ ހަމަޖައްސާފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ރޯމާގެ ކޯޗަކަށް ޖިއަން ޕިއޭރޯ ގަސްޕެރީނީ ހަމަޖައްސައިފި އެވެ.

ރޯމާގެ ކޯޗަކަށް ގަސްޕެރީނީ ހަމަޖައްސާފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެންމެ ފަހުން ގަސްޕެރީނީ އިރުޝާދު ދިނީ އެޓަލަންޓާ އަށެވެ. އުމުރުން 67 އަހަރުގެ ގަސްޕެރީނީ އެޓަލަންޓާގެ ކޯޗުކަމުން ވަކިވެފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން އެޓަލަންޓާ އިން މި ނިމުނު ސީޒަންގެ އިޓާލިއަން ލީގު ނިންމާލީ ލީގު ތާވަލްގެ ތިން ވަނައިގަ އެވެ. އަދި އެ ޓީމުން ވަނީ އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ވެސް ކަށަވަރު ކޮށްފަ އެވެ.

ގަސްޕެރީނީ ވަނީ ނުވަ އަހަރު ދުވަސް ވަންދެން އެޓަލަންޓާ އަށް އިރުޝާދު ދީފަ އެވެ. އެގޮތުން އެ ޓީމުގެ ކޯޗުކަމާ އޭނާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން މިއަހަރުގެ މެއި މަހުގެ ނިޔަލަށް އޭނާގެ އިރުޝާދުގެ ދަށުން އެޓަލަންޓާ އިން ވަނީ 438 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 228 މެޗުން މޮޅުވެފަ އެވެ. 101 މެޗުން އެއްވަރުވެފައިވާއިރު، 109 މެޗުން ވަނީ ބަލިވެފަ އެވެ.

ގަސްޕެރީނީގެ އިރުޝާދުގެ ދަށުން އެޓަލަންޓާ އިން ވަނީ މިދިޔަ ސީޒަންގެ ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. ސީޒަން ނިމުމާއެކު އެޓަލަންޓާ ދޫކޮށްލާނެކަން އޭނާ އޮތީ ފެބްރުވަރީ މަހުގެ ތެރޭގައި އިއުލާން ކޮށްފަ އެވެ.

ރޯމާއާ ހަވާލުވުމަށް ފަހު ގަސްޕެރީނީ ބުނެފައި ވަނީ، ރޯމާގެ ކޯޗުކަމާ ހަވާލުވާން އޭނާ ނިންމީ އެތައް ގޮތަަކަށް ވިސްނާފައި ކަމަށެވެ. ގަސްޕެރީނީ ބުނީ އެއީ އޭނާގެ ކޯޗިންް ކެރިއަރުގައި ނެގި ވަރަށް ރަނގަޅު ޗެލެންޖެއް ކަމަށާއި، ބޭނުން ވަނީ ރޯމާ އާއެކު ކުރިއަށް ދާން ކަމަށެވެ.

ރޯމާގެ ކޯޗަކަށް އެންމެ ފަހުން ހުރީ ކްލައުޑިއޯ ރަނިއޭރީ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ރޯމާ އިން ނިމުނު ސީޒަންގެ އިޓާލިއަން ލީގު ނިންމާލީ ތިން ވަނައިގަ އެވެ.

- ކޮމެންޓް