ކ. މާލެ
|
5 ޖޫން 2025 | ބުރާސްފަތި 12:15
ރަޝިޔާ އިން ދިން ހަމަލާގައި ހަލާކުވެފައިވާ ތަންތަން ސާފު ކުރުމުގައި މީހުން ހަރަކާތްތެރި ވަނީ
ރަޝިޔާ އިން ދިން ހަމަލާގައި ހަލާކުވެފައިވާ ތަންތަން ސާފު ކުރުމުގައި މީހުން ހަރަކާތްތެރި ވަނީ
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ރަޝިޔާގެ ޑްރޯން ހަމަލާގައި ޔުކްރެއިންގެ ފަސް މީހަކު މަރުވެއްޖެ
ސަރަހައްދުގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާގެ ޑްރޯން ހަމަލާގައި މަރުވި ފަސް މީހުންގެ ތެރޭޣައި، ދެ އަންހެނުންނާއި، އެއް އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި، ޔުކްރެއިން އަށް އަމާޒުކޮށް ރަޝިޔާ އިން ދިން ހަމަލާއެއްގައި ފަސް މީހަކު މަރުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ޔުކްރެއިންގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އެ ޤައުމުގެ ޕްރިލުކީ ސިޓީ އަށް އަމާޒުކޮށް ރަޝިޔާ އިން ދިން ޑްރޯން ހަމަލާގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ. މީގެ އިތުރުން އެ ހަމަލާތަކުގައި ހަ މީހަކަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

އެ ސަރަހައްދުގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާގެ ޑްރޯން ހަމަލާގައި މަރުވި ފަސް މީހުންގެ ތެރޭޣައި، ދެ އަންހެނުންނާއި، އެއް އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ. އަދި ޒަޚަމުވި ހަ މީހުން ވެސް މިހާރު ވަނީ އެ ސަރަހައްދުގެ ހޮޕިސްޓަލަށް ގެންދެވިފައި ކަމަށާއި، އެމީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރަޝިޔާ އިން ޔުކްރެއިން އަށް އަމާޒުކޮށް ހަމަލާތައް ދީ ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރު އެވެ. ތިން އަހަރުވާން ކައިރިވެފައިވާ މި ހަނގުރާމައިގައި މިހާތަނަށް ޔުކްރެއިން އިން ވަނީ އެތައް ހާސް ބަޔަކު މަރުވެފަ އެވެ. އަދި ޔުކްްރެއިންގެ އިރުމަތީ ސަރަހައްދު އަދި ދެކުނު ސަރަހައްދުތައް ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައިވާއިރު، އެތައް މިލިއަން މީހުންނެއްގެ ގެދޮރު ވަނީ ގެއްލިފަ އެވެ. 

މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި ޔުކްރެއިން އިން ވަނީ ރަޝިޔާގެ މިލިޓަރީ އެއާބޭސް އަކަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ދީފަ އެވެ. އަދި ނިއުކްލިއާ ހަތިޔާރު އުފުލޭ އެ ތަންތަނަށް އަމާޒުކޮށް ދިން ހަމަލާގައި ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. 

އެ ހަމަލާއާ ގުޅިގެން ޔުކްރެއިންގެ ކިބައިން ބަދަލު ހިފާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެފައިވާ ކަމަށް އޮތީ ރިޕޯޓު ކޮށްފަ އެވެ. 

- ކޮމެންޓް