ޑިފެންސް މިނިސްޓްރީއަށް 2 ޖެޓްސްކީ ހޯދަން އިއުލާންކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީން ގެޒެޓުގައި ކުރި އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީއަށް 02 ޖެޓްސްކީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ ސަޕްލައިކޮށްދޭންވާނީ ބްރޭންޑް ނިއު އަދި ޖެނުއިން ތަކެތި ކަމަށެވެ.
އަދި މި ޕްރޮކިއުމަންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ފަހަރު އިޢުލާންކޮށް އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެކަށީގެންވާ ރަގަޅު ހުށަހެޅުމެއް ހުށަހަޅާފައިވާނަމަ އެފަރާތަކަށް މަސައްކަތް އެވޯޑްކޮށް އެއްބަސްވުމެއްގައި ސޮއިކޮށްގެން ކަމަށް ބުނެފައިވެއެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ 4 ޖޫންގެ މެންދުރު 1:00 އަށް ޑިފެންސް މިނިސްޓްރީއަށް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 550 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް ޖެޓްސްކީ ހޯދާ ސަބަބެއް މިނިސްޓްރީއިން ހާމަކޮށްފައި ނުވެއެވެ.