ކ. މާލެ
|
26 މެއި 2025 | ހޯމަ 15:21
ރައީސުލްޖުމްހޫރިއްޔާ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ގެ މަޤާމަށް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ގެ މަޤާމަށް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރެއްވުން
ރައީސް އޮފީސް
މަކަރާއި ހީލަތްތެރިކަން
މީގެ ދެ އަހަރު ކުރިން ކުރީގެ ރައީސް ވަހީދު، ރައީސް މުއިއްޒު ހެއްދެވީ މަކަރާ ހީލަތްތެރި ބޭފުޅަކަށް
މަކަރާ ހީލަތުން ނުކުތް މީހަކަށް އިތުބާރު ކުރަން ހެޔޮނުވާނެ ކަމަށް ވަހީދު ވިދާޅުވި ނަމަވެސް އޭރު ގިނަ ރައްޔިތުން ރައީސް މުއިއްޒަށް އިތުބާރުކޮށް، ވޯޓު ދިނެއެވެ. ނަމަވެސް މިއަދު ގިނަ ރައްޔިތުން ތިބީ މިސަރުކާރާ މެދު މާޔޫސްވެފައެވެ. ރައީސް މުއިއްޒަކީ ދޮގު ހައްދަވާ ބޭފުޅެއް ކަމަށާއި، ރައްޔިތުންނަށް ހުރިހާ ކަމެއްގައި އޮޅުވާލަމުންދާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ މިސަރުކާރުގައި ރައްޔިތުން ނާއުންމީދު ވެފައިވަނިކޮށް، ރައީސް މުއިއްޒަށް، ވަހީދު މިވަނީ ތައުރީފް ކުރައްވައި، މިސަރުކާރަށް ޚިދުމަތް ކުރެއްވުމަށް ނުކުންނަވާފައެވެ.

މީގެ ދެއަހަރެއް ކުރިން ރައީސް ޑރ.މުހައްމަދު މުއިއްޒަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަގާވާތަކުން ވެއްޓުމާއި ގުޅިގެން ދުވަސްކޮޅަކަށް ވެރިކަން ކުރެއްވި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. 2023 ވަނަ އަހަރު އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިވަޑައި ނުގަންނަވާނެކަން ޔަގީންވުމުން ވަހީދު ވަނީ ގާސިމު އިބްރާހީމަށް ތާއީދު ކުރައްވަން ނިންމަވައި، ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

27 އޯގަސްޓް 2023 ގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމު އިބްރާހީމުގެ ކެމްޕޭނަށް އއ.ހިމަންދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒަށް އަމާޒު ކުރައްވައި، ވަހީދު ވިދާޅުވީ މަކަރާ ހީލަތުން ނުކުތް މީހަކަށް އިތުބާރު ކުރަން ހެޔޮނުވާނެ ކަމަށެވެ.

އެހެންވީމަ މިހާރު މަކަރާއި ހީލަތުން ކުޑަކުޑަ ޕާޓީއަކުން ނުކުމެ ތިމަންނަ މިއީ ޕީޕީއެމްގެ ކެންޑިޑޭޓުންނޭ ކިޔާފައި ކޮބައިތޯ ޕީއެންސީގެ ކުލަ. އަޅުގަނޑަށް ނުފެނޭ ޕީއެންސީގެ ކުލައެއް. ޕީޕީއެމްގެ ކުލަ. އެކަމަކު ޕީޕީއެމްގެ ކެންޑިޑޭޓެއް ނެތޭ. މިއީ ކިހައި ބޮޑު އޮޅުވާލުމެއްތޯ. މަކަރާއި ހީލަތުން ވެރިކަމަށް އަންނަން މަސައްކަތް ކުރާ މީހުން ވެރި ކަމަށް ގެނައީމަ ކިހައި ބޮޑު ހީލަތާ މަކަރު ހަދާނެތޯ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

މަކަރާ ހީލަތުން ނުކުތް މީހަކަށް އިތުބާރު ކުރަން ހެޔޮނުވާނެ ކަމަށް ވަހީދު ވިދާޅުވި ނަމަވެސް އޭރު ގިނަ ރައްޔިތުން ރައީސް މުއިއްޒަށް އިތުބާރުކޮށް، ވޯޓު ދިނެއެވެ. ނަމަވެސް މިއަދު ގިނަ ރައްޔިތުން ތިބީ މިސަރުކާރާ މެދު މާޔޫސްވެފައެވެ. ރައީސް މުއިއްޒަކީ ދޮގު ހައްދަވާ ބޭފުޅެއް ކަމަށާއި، ރައްޔިތުންނަށް ހުރިހާ ކަމެއްގައި އޮޅުވާލަމުންދާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ މިސަރުކާރުގައި ރައްޔިތުން ނާއުންމީދު ވެފައިވަނިކޮށް، ރައީސް މުއިއްޒަށް، ވަހީދު މިވަނީ ތައުރީފް ކުރައްވައި، މިސަރުކާރަށް ޚިދުމަތް ކުރެއްވުމަށް ނުކުންނަވާފައެވެ.

އާދިއްތަ ދުވަހު ވަހީދު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް އައްޔަން ކުރައްވައި، ރައީސް މުއިއްޒު ވަނީ ވަހީދުއާ ބައްދަލުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަހީދަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެ، ތައުރީފް ވެސް ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވަހީދަކީ ގާބިލު ބޭފުޅެއްކަމުގައި ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އިގްތިސާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ގައުމުތަކާއެކު މަޝްވަރާކުރައްވައި އެރޮގުން ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް ރައީސް މުއިއްޒު އެދިވަޑައިގަންނަވާފައިވެއެވެ.

ވަހީދަށް މި ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަގީންކަން ރައީސްއަށް އެރުވިއެވެ.

ނަމަވެސް ވަހީދުގެ މަސައްކަތާއި، އިހުލާސްތެރިކަމާމެދު، މިސަރުކާރުގެ ބޭފުޅުން ހިމެނޭ ގޮތަށް ގިނަ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނަކީ މަކަރާ ހީލަތްތެރި ބޭފުޅެއް ކަމަށް ވަހީދު ނިންމަވާފައިވާއިރު، އެދުވަހު އެގޮތަށް އެވާހަކަތައް ދެއްކެވީ އިހްލާސްތެރިކަމެއް ނެތި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓް ލިބިވަޑައިނުގަތުމުން އައި ރުޅިވެރިކަމެއްގެ މައްޗަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއަދު ވަހީދު މަގާމާ ހަވާލުވެވަޑައިގަންނަވައި، އިހުލާސްތެރިކަމާއެކު، ގައުމާއި، ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތް ކުރާނެ ކަމާމެދު ވެސް ސުވާލު އުފައްދާފައިވެއެވެ.

- ކޮމެންޓް