ކ. މާލެ
|
24 މެއި 2025 | ހޮނިހިރު 13:00
ޣައްޒާ ސްޓްރިޕް ގެ ނުސައިރާތު ރެފިއުޖީ ކޭމްޕްގެ ބޭކަރީ އެއްގެ ކުޑަދޮރަކުން ކާ އެއްޗެއް ހޯދުމަށް ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރެފިއުޖީން ތޮއްޖެހިގެން މަސައްކަތް ކުރަނީ، 22 މެއި 2025
ޣައްޒާ ސްޓްރިޕް ގެ ނުސައިރާތު ރެފިއުޖީ ކޭމްޕްގެ ބޭކަރީ އެއްގެ ކުޑަދޮރަކުން ކާ އެއްޗެއް ހޯދުމަށް ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރެފިއުޖީން ތޮއްޖެހިގެން މަސައްކަތް ކުރަނީ، 22 މެއި 2025
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
އިސްރާއީލުގެ ހަމަލާތަކުން 76 މީހުން ޝަހީދުވެއްޖެ، އުތުރު ޣައްޒާއަށް އެހީއެއް ނުލިބޭ
އަނިޔާވެރިކަން ހައްދު ފަހަނަ އަޅާފައިވާ އިސްރާއީލުގެ ސިފައިން މަޖަލަކަށް ހަދައިގެން އާންމުން މަރަމުންދާ ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލް ޖަޒީރާ އިން ބުނެފައިވޭ

ހުކުރު ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުން ޣައްޒާގައި މަދުވެގެން 76 މީހުން ޝަހީދުވެއްޖެއެވެ.

ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށް ދިއުމާއެކު މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި ހުރި އާއިލާއެއްގެ ގެއަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި 50 އެއްހާ މީހުން މަރުވެ ނުވަތަ ވީނުވީ އެއް ނޭނގިވާ ކަމަށް ބުނެ، އެ މަންޒަރު ދުށް މީހުން އަލްޖަޒީރާ އަށް ބުނެފައިވަނީ "އިސްރާއީލުގެ ސިފައިން މަޖަލަކަށް އާންމު ރައްޔިތުން މަރަމުންދާ" ކަމަށެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވިދާޅުވެފައިވަނީ ޣައްޒާގެ ހަނގުރާމަ މިހާރު ވަނީ "އެންމެ އަނިޔާވެރި މަރުހަލާއަށް" ގޮސްފައި ކަމަށެވެ. އެއީ ފަލަސްޠީނުގެ ރައްޔިތުން ބަނޑަށް ޖެހިފައިވާއިރު، އިސްރާއީލުން ހުއްދަދެނީ ހަމައެކަނި "ސައި ސަމުސަލެއްގެ މިންވަރުގެ އެހީ" ބަނޑަށްޖެހިފައިވާ ސަރަހައްދަށް ވެއްދުމަށް ކަމަށާއި، "ހިސޯރު ކޮށްފައިވާ އުތުރަށް އެއްވެސް އެއްޗެއް ނުލިބޭ" ކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިސްރާއީލުން ޣައްޒާ ގައި ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 53,822 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، 122,382 މީހުން މިހާތަނަށް ވަނީ ޒަޚަމްވެފައިވެއެވެ.

- ކޮމެންޓް