މިސަރުކާރު ވައްޓާލަން ޖެހޭ ކަމަށާއި ނޫނީ ދިވެހި ރާއްޖޭގައި 2028 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑިޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ކުރިއަށް އޮތް އެއްމަސް ދުވަސްތެރޭގައި ރައްޔިތުން ނުކުމެ މިސަރުކާރު ވައްޓާލަންޖެހޭކަމަށެވެ. އަދި މިސަރުކާރު ވައްޓާލައިގެން ނޫނީ ދިވެހި ރާއްޖޭގައި 2028 ވަނަ އަހަރު ރިޔާސީ އިންތިހާބު ނޯންނާނެކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ، ފުލުހުންނާއި ސިފައިންނަށް ވެސް ދަންނަވާލަން ބެނުންވަނީ ދިވެހި ރާއްޖޭގައި ޤާނޫނު އަސާސީއެއް ނެތްކަމަށާއި ފުލުހުންނާއި ސިފައިން ކޮށްފައިވާ ހުވާ އަކީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ ނަގަހައްޓާއި ދަމަހައްޓަން ކޮށްފައިވާ ހުވާއެއް ކަމަށެވެ. އެހެން ކަމުން ފުލުހުންނާއި ސިފައިން ނުކުމެ ޒިންމާ ނެގުމަށް ސަލީމް ވަނީ ގޮވާލައްވާފަ އެވެ.
ރައްޔިތުންނޭ ވަގުތެއް ނެތޭ، ވަގުތުނެތޭ ވަގުތުނެތޭ، އެހެންވީމާ އަވަސް ކުރަށްވާ ނުކުމެ މި ވެރިކަން ބަދަލުކުރުމަށްޓަކައި އަޅުގަނޑުމެންނާ އެއްކޮށް މަސައްކަތްކޮށް މިވެރިކަން ބަދަލުކުރަން އަވަސްވެގަންނާށެ،
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)![]()
މީގެ އިތުރުން ސަލީމް ވިދާޅުވީ މިފަހުން އިވިގެން ދިޔައީ އިމިގްރޭޝަނުގައި އެންމެ އިސްކޮށް ހުއްނެވި ޝަމްއާން ކިޔާ ބޭފުޅަކަކު ވައްކަން ކުރި ވާހަކަ ކަމަށެވެ. އަދި އެބޭފުޅާ ވައްކަން ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ރައްޔިތުން ކުރިމަތީގައި އެގެއިން ވަރަށްގިނަ ލާރި ނެރުނުކަމަށާއި ހަމައެގޮތަށް އެތައް އެސްއޯއީތަކުގެ ވެރިން ވައްކަންކޮށް އެކަން ފަޅާއަރައިގެން ފުލުހުންގޮސް ހަމަ އެގޮތަށް އަމަލުކުރިކަމަށެވެ. އެހެން ނަމަވެސް މި ވައްކަންތަކާއި ޝަމްއާން ކުރި އަމަލާއި ވަރަށް ބޮޑު ތަފާތެއް ހުރި ކަން ސަލީމް ވަނީ ފަހަގަކުރަށްވާފަ އެވެ.
ޝަމްޢާން މިކުރި ވައްކަމުގައި މިވާގޮތަކީ، ޝަމްއާން ބުނަނީ ތިމަންނަގޮސް މުޢިއްޒު ކަންފަތް ކައިރީގައި ބުނީމެ އިހްސާން ވައްކަން ކުރޭ އިހްސާންގެ ކޮރަޕްޝާން ވަރަށް ބޮޑޭ ތިމަންނައަށް މިހާރު ވަރަށް އުނދަގުލޭ އިމްގްރޭޝަންގެ އިސްވެރިއަކަށް ހުންނަށް، ބުނީމަ މުޢިއްޒު ބުނިކަމަށްމިވަނީ، އެއްވެސް އިޚްލާސްތެރިކަމެއް ނެތީމައޭ މީހުން ވައްކަން ކުރާ ވަހަކަ ތިމަންނަކައިރީ ތިބުނަނީ،
މާޒް ސަލީމް![]()
ސަލީމް ވިދާޅުވީ ޝަމްއާން ކުރި ވައްކަމާއި ތަފާތުވާ ސަބަބަކީ ވައްކަން ކުރި އެހެން ހުރިހާ އެންމެން އެހެން ކެހެރިގަނޑެއް އަޅައިގެން އަތަށް އަންގިލައްވައިގެން މިހާރު ތިބީ މުޢިއްޒު ކައިރީ އެހެން ވަޒީފާ ތަކުގައި ކަމަށެވެ. އަދި ޝާމްއާން ހުރީ ޖަލުގައި ކަމަށާއި މުއްދަތް ޖަހަމުންގޮސް ވާނުވާ ނޭގޭ ހިސާބަށް ގޮސްފައިވާކަމަށް ސަލީމް ވިދާޅުވިއެވެ.