ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުންނެވީ ރައްޔިތުންގެ ފަޅީގައި ނޫންކަމަށާއި ރައީސް ހުންނެވީ ވަގުންގެ ފަޅީގައިކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ސަރުކާރެއް، ރައްޔިތަކަށް ލިބުނީ ކޮންއެއްޗެއް؟
ރާއްޖެ ޓީވީ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ މިވެރިކަން ފެނިގެންދަނީ ރައްޔިތުންނަށް ވަރަށް އަނިޔާވެރި ވެރިކަމެއްގެ ގޮތުގައި ކަމަށެވެ. ވެރިކަން ލިބުމާއެކު ރައްޔިތުން ހަދާފައިވާ ޤާނޫނުއަސާސީ ބަދަލުކޮށް ރައްޔިތުންނަށް ދޭންވާ އެއްޗެއްވެސް ނުދޭ ކަމަށެވެ. އެކަން ހާމަވާ އެއްކަމަކީ އާސަންދަކަން ފާހަގަކުރައްވާ މާޒް ވިދާޅުވީ 3.5 ބިލިއަން ރުފިޔާ އާސަންދަ އަށް ނުދައްކާ އޮތްކަމަށެވެ.
ދެންމިބުނަނީ ތިމަންނަ މިހުރީ ރައްޔިތުންގެ ފަޅީގައޭ، ނޫން ރައްޔިތުން ފަޅިއަކު ނޫން ވަގުންގެ ފަޅިގާ ހުރީ، ސީދާ ރަތްލާޖެހި ވަގުންގެ ފަޅީގާ ހުރީ.
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)![]()
ސަލީމް ވިދާޅުވީ އެކަން ސާބިތުވަނީ، ދައުލަތުގެ އެކިއެކި މުއަސްސަސާތަކުންނާއި އެކިއެކި އެސްއޯއި ތަކުން ވަގަށް ފައިސާ ނަގާ ރައްޔިތުންނަށް އެކަން އެނގުނީމާ އެހިސާބުން ފުލުހުންގެ ބޭނުންހިފާ "ފްރޭމް ކުރަނީ" ކަމަށެވެ. އަދި ޕީއެންސީގެ ޖަލްސާއިންވެސް ފެނިގެންދިޔައީ ދައުލަތުގެ އެކިއެކި އެސްއޯއީ ތަކުން ވައްކަން ކުރިކަމަށް ބުނާ މަންޒަރުކަމަށް ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން ސަލީމް ވިދާޅުވީ، ގައުމުގެ ރައީސް އުޅޭނީ ވެރިން އުޅެހެން ނޫންކަމަށާއި މުޅިންވެސް ފެންނަނީ ޚިޔާލީ ދުނިޔެއެއްގައި އުޅޭ މަންޒަރު ކަމަށެވެ. ޑްރޯންގައި ބޭސް ރަށްރަށައް ގެންގޮސްދޭނަމޭ ބުނުމާއި ބިއްލޫރިން ޓަނަލް އެއް ކަނޑުއަޑިގައި އެޅުން ފަދަ ކަންކަން ކޮށްދޭނަމޭ ބުނިއިރު ދުނިޔޭގައި މިވަރުގެ ރިސާޗެއްވެސް ހަދާފަ ނެތްކަމަށް ސަލީމް ފާހަގަކުރެއްވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހް ސަރުކާރުގައި ރައްޔިތުންނަށް ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދިންކަން ފާހަގަކުރަށްވާ ސަލީމް ވިދާޅުވީ މާލޭގައި ވަކި ދުވަހެއް ވަންދެން އުޅުނު މީހުންނަށް ބިމާ ފްލެޓް ތަށް ދިނީމަވެސް މިހާރު ވެރިކަމުގައި ހުރީ ބޭފުޅާއަށް ހަވާލުކޮށްލަން ނުކެރިގެން އެއުޅޭނީ ހުރި ދަހިވެތިކަމާ މަކަރުވެރިކަމުންކަމަށެވެ. އަދި އެކި އެކި ޖަލްސާތަކުގައިވެސް މި ބިންތައް ހަވާލުކުރާނެވާހަކަ ބުނިނަމަވެސް އެކަމެއް ނުވިކަމަށް ސަލީމް ވިދާޅުވިއެވެ.