ކ. މާލެ
|
18 މެއި 2025 | އާދީއްތަ 23:29
ޕީއެންސީގެ ޖަލްސާގެ ކުރީ ސަފުން ފެންނަނީ ވަގުން ކަމަށް ރައީސް ޔާމީން ވިދާޅުވޭ
ޕީއެންސީގެ ޖަލްސާގެ ކުރީ ސަފުން ފެންނަނީ ވަގުން ކަމަށް ރައީސް ޔާމީން ވިދާޅުވޭ
ރާއްޖެއެމްވީ
ވައްކަން ކުރުން
އުޅެން ދަސްކުރަންވީ ވަގުންނާއެކު - ޔާމީން
ރައީސް މުއިއްޒުގެ އަމުރަށް މަޖިލީހުގައި ހުރިހާކަމެއްވެސް ހިނގަނީ
ޑިމޮކްރަސީއާއި ރައްޔިތުންގެ ބާރުގެ ވާހަކަ ރައީސް މުއިއްޒު ދައްކަވާނަމަ، އޮޑިޓަރ ޖެނެރަލްއާއި އޭސީސީން ކުރާ މަސައްކަތް މިނިވަންކަމާއެކީގައި މަސައްކަތް ކުރައްވަން ދޫކޮށްލައްވަންޖެހޭ

އުޅެން ދަސްކުރަންވީ ވާލާއި ކާޅާއެކު ނޫން ކަމަށާއި، މި ސަރުކާރުގައި އުޅެން ދަސްކުރަންވީ ވަގުންނާއެކު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕިއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ އޮޅުހިޔާ ފެސިލިޓީއެއް ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ކުރާ ކަންކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ކުރާ ކަންތައްތައް ކަމަށާއި، ރައީސް މުއިއްޒުގެ އަމުރަށް މަޖިލީހުގެ ތެރޭގައި ކަންކަން ކުރާ ކަމަށެވެ.

ރައީސް ޔާމީން ވަނީ އިންސާފުގެ ވާހަކަ މި ސަރުކާރުން ދައްކާތީ އެކަމާއި ސުވާލު އުފައްދަވާފައެވެ. އަދި އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލްއާއި، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު އާއި، ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން އާއި ނަގާފައިވާ ބިންތަކުގެ ފައިސާ ކާންދިނީ މިޔަރަކަށްތޯ ސުވާލު އުފައްދަވާފައެވެ.

މިޔަރަށް މި ކާންދެނީ ވެންމަސް ވެނަށް ކާންދޭ އުސޫލުން. ކީއްވެގެންތޯ މުއިއްޒުއަށް މި މީހުން ތަހުގީގުކޮށްލަން ނުކެރިގެން މިއުޅެނީ. ކީއްވެގެންތޯ ތަހުގީގުކުރަން ނުކުރިގެން އުޅެނީ. ތަހުގީގު ކުރަން ނުކެރިގެން އުޅޭގޮތުން މުއާޒް ވިދާޅުވި. ވަގުންގެ ތެރޭގައި އިސް ސަފުގައި އިހައްރޭވެސް ޕީއެންސީގެ ޖަލްސާފައި ފަޒުލް އިންނެވީ. ހުސް ވަގުން އެތާތިބީ. އެހެންވީމަ އަޅުގަނޑުމެން އުޅެން ދަސްކުރަންވީ ހުސް ވާލާއި ކާޅާއި އެކީގައި ނޫން. ވަގުންނާ އެކީގައިވެސް އުޅެން ދަސްކުރަންވެފައި މިއޮތީ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީއާއި ރައްޔިތުންގެ ބާރުގެ ވާހަކަ ރައީސް މުއިއްޒު ދައްކަވާނަމަ، އޮޑިޓަރ ޖެނެރަލްއާއި އޭސީސީން ކުރާ މަސައްކަތް މިނިވަންކަމާއެކީގައި މަސައްކަތް ކުރައްވަން ދޫކޮށްލައްވަންޖެހޭ ކަމަށެވެ.

ޔާމީން ވިދާޅުވީ އޭސީސީގައި އިސްކޮށް ހުންނެވި ފަރާތަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަރުގަދަ ތުހުމަތެއް ކުރައްވާފައިވާ ކަމަށާއި، ނަމަވެސް ފުލުހުން ބުނެފައިވަނީ އެ މައްސަލަ ބެލޭކަށް ނެތް ކަމަށެވެ. ފުލުހުންނަށް މައްސަލަ ނުބަލާނަމޭ ނުބުނެވޭނެ ކަމަށާއި، އެކަމުން ދައްކުވައިދެނީ އަހުލާގީ ފެންވަރު ދަށްވެފައި އޮތް މިންވަރު ކަމަށް ޔާމީން ވިދާޅުވިއެވެ.

- ކޮމެންޓް