ކ. މާލެ
|
16 މެއި 2025 | ހުކުރު 18:23
ކުރީގެ ރައީސް އަބްދިﷲ ޔާމީން ޕީއެންއެފް ފުރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ
ކުރީގެ ރައީސް އަބްދިﷲ ޔާމީން ޕީއެންއެފް ފުރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާ
ޔާމީންގެ ޗެލެންޖެއް މުއިއްޒަށް: ކެރިވަޑައިގަންނަވާ ނަމަ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓެއް ނަންގަވާ
ކެރިވަޑައިގަންނަވާނަމަ ވެރިކަމުގައި ހުންނަން ރައްޔިތުން އެދޭތޯ ބެލުމަށް, ފެންނަ ނުފެންނަ ވޯޓެއް ނަމްގަވަން ވަޑައިގަންނަވާ
ރައީސް ޑރ. މުއިއްޒަށް ރައްޔިތުންގެ ތާއީދު އަދިވެސް ވަރަށް ބޮޑުކަމަށް މިނިސްޓަރު ސައީދު ވިދާޅުވި

ކެރިވަޑައިގަންނަވާނަމަ ވެރިކަމުގައި ހުންނަން ރައްޔިތުން އެދޭތޯ ބެލުމަށް, ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޗެލެންޖުކުރައްވައިފި އެވެ.

ޔާމީން އެފަދައިން ވިދާޅުވީ، އަމިއްލަފުޅު ބުރާސްފަތި ދުވަހުގެ ރޭ އޮތް ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެންމެ ފަހުން ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ ފަރާތުން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދެއްކެވި މި ސަރުކާރުގެ ބައެއް މިނިސްޓަރުން ވަނީ ޕޯޑިއަމްގައި ވާހަކަފުޅުދައްކަވައި ރައީސް ޑރ. މުއިއްޒަށް ރައްޔިތުންގެ ތާއީދު އަދިވެސް ވަރަށް ބޮޑުކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވެސް ވިދާޅުވެފައި ވަނީ ރައީސް މުއިއްޒަށް މިއަދުވެސް ރައްޔިތުންގެ ތާއީދު އިންތިހާއަށް އޮތް ކަމަށެވެ.

ޕީއެންސީގެ ޖަލްސާގައި ދެއްކެވި މި ވާހަކަތަކަށް ރައްދުދެއްވައި ރައީސް ޔާމީން ވިދާޅުވީ މިހާރު ރައީސް މުއިއްޒު ފެނިވަޑައިގަންނަވަނީ ސޯޝަލް މީޑިއާގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

އަދި ރައީސް ޑރ. މުއިއްޒަށް ޗެލެޖު ކުރައްވާ ޔާމީން ވިދާޅުވީ ރައްޔިތުންގެ ކިހާތާއީދެއް އޮތްތޯ ބައްލަވަން ރިކޯލް ވޯޓަކަށް ވަޑައިގަތުމަށެވެ. އެހެން ކަމުން އެމަނިކުފާނަށް ކެރިވަޑައިގަންނަވާނަމަ ރައީސުލްޖުމްޙޫރިއްޔާކަމުގެ މަގާމުގައި ދެމިހުންނެވުމާ ގުޅޭ ގޮތުން ނުފެންނަ ވޯޓެއް ނަންގަވަން ވަޑައިގަތުމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު ޗެލެންޖުކޮށްލާފައި މި ދަންނަވަނީ އިނގޭތޯ. މުއިއްޒު ވަޑައިގެން ބައްލަވާ ރިކޯލް ވޯޓަކަށް. ރައްޔިތުންގެ ކިހާ ތާއީދެއް އޮތްތޯ. މިނިސްޓަރު ސައީދު އެ ވިދާޅުވަނީ ނޫންތޯ ރައްޔިތުންގެ ތާއީދު އެބައޮތޭ. ވޯޓެއް ނަންނަގަވާ!. ތިމަންނަ މި މަގާމުގައި، ރައްޔިތުންނަށް މި ދޭ ފުރިހަމަ ޚިދުމަތް ދިނުމަށް ހުންނަން ކަލޭމެން ބޭނުންތޯ؟

ރައީސް ޔާމީން

ރައީސް މުއިއްޒު ވެރiކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ވަރަށް ބޮޑު ތާއީދަކާއި، ބުރަމަސައްކަތްފުޅާއި ވެސް އެކުގައެވެ. އެގޮތުން ރިޔާސީ މުޅި ކެމްޕޭނުގައިވެސް ބޭނުން ކުރެއްވީ ރައީސް ޔާމީންގެ ފޮޓޯފުޅެވެ. އެހެން ނަމަވެސް ވެރިަކަމަށް ވަޑައިގަތުމަށް ފަހު ރައީސް ޔާމީން އެއްފަރާތް ކުރެއްވީއެވެ.

ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް ޔާމީންގެ ޕީއެންއެފްގެ ޖަލްސާގައެވެ.

ޔާމީނާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ވެސް އަބަދު ދައްކަވާ އެއް ވާހަކައަކީ ރައީސް މުއިއްޒުގެ ނިންމެވުންތަކާ ދިމާ އިދިކޮޅަށް ކަންކަން ކުރައްވަމުން ފެންދަވާ ވާހަކައެވެ. ނިންމެވުންތަކުގައި އެއްވެސް ހަރުދަނާ ކަމެއް، ނެތް ވާހަކައެވެ. ރައީސް މުއިއްޒު އިތުރުފުޅުހައްދަވާ ވާހަކައެވެ.

- ކޮމެންޓް