ކ. މާލެ
|
16 މެއި 2025 | ހުކުރު 12:11
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ޕީއެންސީއަށް ސޮއިކުރުން
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ޕީއެންސީއަށް ސޮއިކުރުން
ޕީއެންސީ
މުހައްމަދު އަބްދުﷲ
ބްރޯޑްކޮމްގެ މެމްބަރު މުހަންމާ ޕީއެންސީ އަށް
ބްރޯޑްކާސްޓިން ކޮމިޝަނަށް މުހައްމާ އައްޔަންކުރީ މި އަހަރުގެ ޖެނުއަރީ މަހު
އޭނާ ބްރޯޑްކޮމް އަށް އައްޔަންކުރުމުން ބްރޯޑްކޮމްގެ މިނިވަންކަމާއި މެދު އާއްމުން އައީ ވަރަށް ބޮޑަށް ސުވާލުކުރަމުން

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ޕީއެންސީއަށް ސޮއިކޮށްފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް މުހައްމާ އައްޔަންކުރީ މި އަހަރުގެ ޖެނުއަރީ މަހު ކަމަށް ވާއިރު މަޤާމަށް އަުމުގެ ކުރިން ވެސް އޭނާ ހުންނެވީ ޕީޕީއެމްގެ ސެނެޓުގައެވެ.

މުހަންމާ އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް މެމްބަރެއްގެ ގޮތުގައި އިހަވަންދޫ ދާއިރާގެ މެމްބަރ ކަން ކުރެއްވި ފަރާތެކެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވުމާ ގުޅިގެން މުހަންމާ ވަނީ ޕީޕީއެމް އިން ވަކިކޮށްފަ އެވެ. އަދި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް އޭރު ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން އިލެކްޝަން ކޮމިޝަނުން އޭރު މުހަންމާގެ ގޮނޑި ގެއްލުނު ކަމަށް ނިންމި އެވެ.

އެކަމަކު ސުޕްރީމް ކޯޓުން ފަހުން ވަނީ މުހަންމާގެ ގޮނޑި ނުގެއްލޭ ކަަމަށް ހުކުމްކޮށްފަ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާ އެމްޑީޕީ އަށް ސޮއިކުރެއްވިއެވެ. އެހެން ނަމަވެސް މިދިޔަ ރިޔާސީ އިންތިޚާބުގައި އޭނާ ވަނީ ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް ކުރި ކެމްޕޭންގައި ބައިވެރިވެ މުއިއްޒަށް މަސައްކަތް ކޮށްދެއްވާފައެވެ.

އެހެންކަމުން އޭނާ ބްރޯޑްކޮމް އަށް އައްޔަންކުރުމުން ބްރޯޑްކޮމްގެ މިނިވަންކަމާއި މެދު އާއްމުން އައީ ވަރަށް ބޮޑަށް ސުވާލުކުރަމުންނެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ ޝަރުތުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ނުހިމެނުން ލާޒިމްކޮށްފައި ނެތް ނަމަވެސް އާއްމުކޮށް އަމަލުކުރާ ރިވެތި އުސޫލަކީ އެއީއެވެ. ސަބަބަކީ މިނިވަން މުއައްސަސާތަކަކީ ސިޔާސީ ޕާޓީތައް ހިމެނޭހެން ވަކި މީހެއްގެ ނުފޫޒެއް ނެތި މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ވާއިރު ސިޔާސީ ޕާޓީތަކުގައި ހިމެނޭ މީހުންނަކީ ޕާޓީގެ ފިކުރު ދިރުވާ ކުރިއަރުވަން މަސައްކަތް ކުރާ ބަޔަކަށް ވާތީއެވެ.

- ކޮމެންޓް