ރައީސް ބޭނުންފުޅުވާ އިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ފެހި ގާނޫނުއަސާސީ ތަސައްވުރު ކުރި ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލު ކުރަންޖެހޭ ކަމަށް އައު ވެރިންގެ ހިތަށް ވަންނަކަމީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ އިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ފެހި ގާނޫނުއަސާސީ ތަސައްވުރު ކުރި ގޮތެއް ނޫން ކަަމަށެވެ. އެހެނަސް ގާނޫނުއަސާސީ ބައްޓަންކޮށްފައިވަނީ އުއްމީދުކުރި ގޮތާއި ހިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމެއް ކަމަށެވެ. 2008 ގައި އައި ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމާއެކު އައު ސުޕްރީމް ކޯޓު އެކުލަވާލަން ޖެހުނު ކަމަށެވެ.
2013، 2018 އަދި 2023 ވެ އިންތިހާބުތަކަށްފަހުގައި، ކޮންމެ ވެރިކަމަކުން ވެސް ވަނީ ފަނޑިޔާރުން ބަދަލު ކޮށްފައި ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ދެރައެއް އަދި ގޯހެއް ކަމަށެވެ. އަދި މިކަން މިހެން ނުވާނެ ގޮތަކަށް ނިޒާމް ބަދަލުކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
Verikan badhaluvaa konme faharaku Fandiyaarun badhal kuraan jehey kamah aa veringe hithah vannakamee varah bodu dhera eh. Raeesul Jumhooriyya beynunfulhu vaa irah Fandiyaarun badhal kurumakee Fehi Qaanoon Asaasee thasavvaru kuri gotheh noon. Ehenas mi QA battankohfai mivaanee,…
— Mohamed Nasheed (@MohamedNasheed) May 14, 2025
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ޖޭއެސްސީގައި އެކުލަވާލި ކުޑަ ކޮމިޓީއަކުން ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލައި ނިންމި ރިޕޯޓް މަޖިލީހަށް ހުށަހަޅައި މަޖިލިހުން ދެ ފަނޑިޔާރުން ވަކިކުރީ ބުދަ ދުވަހުގެ ޖަލްސާގައެވެ. ބުދަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވިއެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.