ކ. މާލެ
|
14 މެއި 2025 | ބުދަ 13:13
އަދުލު އިންސާފުގެ ދިފާއުގައި އަޑުއުފުލަނީ
އަދުލު އިންސާފުގެ ދިފާއުގައި އަޑުއުފުލަނީ
އެމްޑީޕީ
އަދުލު އިންސާފުގެ ދިފާއުގައި އަޑުއުފުލުން
ފަނޑިޔާރުންނަށް ނުލިބުނު އިންސާފެއް އެއްވެސް ރައްޔިތަކަށް ނުލިބޭނެ ކަމަށް ބުނެ އަޑުއުފުލައިފި
މަޖިލިސް އިދާރާއާ ކައިރިއަށް ނުދެވޭ ގޮތަށް ކޯނު ޖަހައި މުޅި ސަރަހައްދު ވަނީ ބަންދުކޮށްފައި
ޖޭއެސްސީ މިނިވަން ކުރަންޖެހޭ، ސަރުކާރުން ފަނޑިޔާރުގެއަށް އަތް ނުބޭނުމަށް ގޮވާލާފައިވޭ
ރައީސް މުއިއްޒުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އިސްތިއުފާއަށް ގޮވާލާފައިވޭ

ދިވެހިރާއްޖޭގައި ފަނޑިޔާރުންނަށް ނުލިބުނު އިންސާފެއް އެއްވެސް ރައްޔިތަކަށް ނުލިބޭނެ ކަމަށް ބުނެ އަޑުއުފުލައިފިއެވެ.

ބުދަ ދުވަހުގެ ހެނދުނު 10:30 ގައި އަދުލު އިންސާފުގެ ދިފާއުގައި އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ރައްޔިތުން މަޖިލިސް އިދާރާ ކައިރިއަށް އެއްވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ މަޖިލިސް އިދާރާއާ ކައިރިއަށް ނުދެވޭ ގޮތަށް ކޯނު ޖަހައި މުޅި ސަރަހައްދު ބަންދުކޮށްފައެވެ.

އެހެންކަމުން މަޖީދިއްޔާ ސްކޫލު ކައިރީގައި މުޒާހަރާގެ ބައިވެރިން އެއްވެ ވަނީ އަޑު އުފުލާފައެވެ. އެސްކޫލުގެ ގޭޓް ދޮރުމަތީގައި ތިބެން ޖެހުމުން މުޒާހަރާގެ ބައިވެރިން ވަނީ މަޖިލިސް އިދާރާ ކައިރިއަށް ދިއުމުގެ ފުރުސަތު ދިނުމަށް ވެސް ގޮވާލާފައެވެ. ކުޑަ ތަންކޮޅެއް ކުރިއަށް ޖެހުމުގެ ފުރުސަތު ދިން ނަމަވެސް މުޒާހަރާގެ ބައިވެރިންނަށް މަޖިލިސް އިދާރާގެ ކަންމައްޗާ ހިސާބަށް ދިއުމުގެ ފުރުސަތު ވެސް ދީފައެއްނުވެއެވެ.

މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ފަނޑިޔާރުންނަށް ނުލިބުނު އިންސާފެއް އެއްވެސް ރައްޔިތަކަށް ނުލިބޭނެ ކަމަށާއި، މިއީ ބިރުވެރިކަމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓު، ޖުޑީޝަރީ ސާވިސް ކޮމިޝަން (ޖޭއެސްސީ) މިނިވަން ކުރަންޖެހޭ ކަމަށާއި، ސަރުކާރުން ފަނޑިޔާރުގެއަށް އަތް ނުބޭނުމަށް ގޮވާލާފައިވެއެވެ.

ފުލުހުން އަޅުގަނޑުމެންނަށް މިސަރަހައްދުން ކުރިއަށް ދިއުމަށް ފުރުސަތު ދެއްވާ. ސްކޫލެއްގެ ކުރިމަތީގައި ތިބެގެން އިހުތިޖާޖު ކުރަން ތިބޭފުޅުން ތި މަޖުބޫރުކުރަނީ. ކުޑަކުދިންނަށް މިއަދު އިއްވަން މިޖެހެނީ މި ސަރުކާރުގެ ހުދުމުހުތާރުކަން. ފަނޑިޔާރުންނަށް އެކުރާ އަނިޔާތަކުގެ އަޑު ސްކޫލު ކުދިންނަށް އިއްވަން މިޖެހެނީ. މަޖިލިސް މެންބަރުންނަށް އިއްވަން އަޅުގަނޑުމެންނަށް ފުރުސަތުދޭށޭ.

މުޒާހަރާގެ ބައިވެރިން

މުޒާހަރާގެ ބައިވެރިން ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ރައްޔިތުން މަޖިލީހުގެ ކޮންޓްރޯލް ނަގާފައިވާ ކަމަށް ބުނެ، ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ ހައްގުތައް ހަނިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާފައިވާއިރު، ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ ވެސް އިސްތިއުފާއަށް ގޮވާލާފައިވެއެވެ.

- ކޮމެންޓް