ކ. މާލެ
|
13 މެއި 2025 | އަންގާރަ 13:10
މަޖިލީހުގެ ރައީސް އަބްދުއްރަހީމާ އަބްދުﷲ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ
މަޖިލީހުގެ ރައީސް އަބްދުއްރަހީމާ އަބްދުﷲ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ
ރައްޔިތުންގެ މަޖިލިސް
އަބްދުއްރަހީމް އަބްދުﷲ
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ޤާނޫނުއަސާސީ އަކު ނެތް - އަބްދުއްރަހީމް
2024 ގައި ނޮވެމްބަރު މަހު ސަރުކާރުގެ މެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލުގައި އޮތް ގޮތުން ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭނެ
ޒިޔާދު ވަނީ ޤާނޫނު އަސާސީ އަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއި އެކު މަޖިލިސް މެމްބަރުންނަށް މިނިވަން ކަމާއި އެކު މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެފަ

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ޤާނޫނުއަސާސީގައި ލިޔެފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ވާހަކަދައްކަވަމުންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް އައު މެންބަރަކު އައްޔަންކުރުމާއި މެދު ކުރިއަށް ދިޔަ ބަހުސްގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވަނީ އެ މަރުިހަލާގެ މިނިވަންކަމާއި މެދު ސުވާލު އުފައްދާފައެވެ. މިނިވަން މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އޮތް ނަމަވެސް މިނިވަން ކަމާއި އެކު އެ ތަންތަނުގެ މަސައްކަތް ނުހިނގާ ކަމަށް ޒިޔާދު ވިދާޅުވިއެވެ. މިހާރު ކަން ހިނގާ ގޮަތަކީ ރައީސް ފޮނުއްވާ ނަމެއް، ރައީސްގެ މެމްބަރުން މެދުވެރިކުރައްވައިގެން މިނިވަން މުއައްސަސާތަކަށް އައްޔަންކުރުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން މެމްބަރުންނަކީ އަމިއްލަ އިޚްތިޔާރުގައި ކަންކަން ކުރި ބައެއް ކަމަށް ވީ ނަމަވެސް މިހާރު އެކަން ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފުރުސަތު ނެތީ ޤާނޫނަށް ގެނައި ބަދަލުގެ ސަބަބުން ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވަނީ ޤާނޫނު އަސާސީ އަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއި އެކު މަޖިލިސް މެމްބަރުންނަށް މިނިވަން ކަމާއި އެކު މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ އަދި އެ މެމްބަރަކު އިންތިޚާބުވި ޕާޓީއަކުން އެ މެމްބަރަކު ވަކިކޮށްފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒިޔާދުގެ އެ ވާހަކަތައް ޕީއެންސީގެ މެމްބަރުން ވަނީ ރައްދު ދެއްވާފައެވެ. އަދި މެމްބަރުން މިހާރުވެސް މިނިވަން ކަމަށް ޕީއެންސީގެ މެމްބަރުން ވިދާޅުވިއެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރުގެ ވާހަކަތަކާއި ގުޅިގެން އަބްދުއްރަހީމް ވަނީ މެމްބަރަކު ދައްކާ ވާހަކަ އަކާއި ގުޅިގެން އެ މެމްބަރަކޮ ކޯޓަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.

އިއްޒަތްތެރި މެންބަރު. ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ކަމަށް ވާހަކައެއް ނެތް ގާނޫނުއަސާސީއަކު އެއް. އަޅުގަނޑު މި ޖެހެނީ ކޮންމެ ފަހަރަކު އެފަދަ ކަންކަން ރަނގަޅު ކޮށްލަދޭން. އެވާހަކަ އެއްެވެސް ތަނެއްގައި ލިޔެފަ އެބައޮތްތޯ ގާނޫނުއަސާސީގަ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

2024 ގައި ނޮވެމްބަރު މަހު ސަރުކާރުގެ މެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލުގައި އޮތް ގޮތުން ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭނެއެވެ. ނަމަވެސް އަބްދުއްރަހީމ އަންގާރަ ދުވަހު ވާހަކަ ދެއްކެވީ އެކަން އެގޮތަށް ނެތް ކަމަށް ދެއްކުމަށެވެ.

- ކޮމެންޓް