ކ. މާލެ
|
26 އޯގަސްޓް 2017 | ހޮނިހިރު 13:59
ސްޕެއިންގެ ފޯވާޑް ޑޭވިޑް ވިޔާ
ސްޕެއިންގެ ފޯވާޑް ޑޭވިޑް ވިޔާ
ގޫގުލް
ޑޭވިޑް ވިޔާ
ޑޭވިޑް ވިޔާ އަލުން އެނބުރި ސްޕެއިންގެ ގައުމީ ޓީމަށް
ވިޔާއަކީ ސްޕެއިންގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ

ވޯލްޑް ކަޕް ކޮލިފައިންގައި އިޓަލީއާ ލިޗްޓެންސްޓައިންއާ ދެކޮޅަށް ނުކުންނަ ސްޕެއިންގެ ސްކޮޑުން ޑޭވިޑް ވިޔާއަށް ފުރުސަތު ދީފިއެވެ.

ޑޭވިޑް ވިޔާ އެންމެ ފަހުން ސްޕެއިންގެ ގައުމީ ޓީމަށް މެޗެއް ކުޅެދީފައި ވަނީ 2014 ވަނަ އަހަރުއެވެ. އޭނާއަށް 2014 ވަނަ އަހަރުގެ ފަހުން ސްޕެއިންގެ ގައުމީ ޓީމުން ފުރުސަތު ލިބިފައި ނުވަނީ އެންމެ އެދެވޭ ކުޅުން ނުދެއްކުމުންނެވެ.

އެގޮތުން 2014 ވަނަ އަހަރު ސްޕެއިންގެ އެޓްލެޓިކޯއިން އެމެރިކާގެ މޭޖާ ލީގު ސޮކާގެ ނިއުޔޯކް ސިޓީއަށް ބަދަލުވި ފަހުން ވިޔާއަށް އޭނާގެ ކުރީގެ ކުޅުން ނުދެއްކެއެވެ. އެހެން ނަމަވެސް އޭނާ އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

އޭނާއަށް ސްކޮޑުން ފުރުސަތު ދީފައި ވަނީ ޗެލްސީގެ ޑިއޭގޯ ކޮސްޓާ ބާކީ ކުރުމަށް ފަހުއެވެ. ކޮސްޓާ ބާކީ ކޮށްފައިވަނީ އޭނާ މި ސީޒަނުގައި އެއްވެސް މެޗެއް ކުޅެފައި ނުވާތީއެވެ.

ސްކޮޑުން ޖާގަ ލިބުމުން ވިޔާ ބުނެފައި ވަނީ އޭނާއަށް އަދިވެސް މި ފުރުސަތު ލިބުނު ކަން ގަބޫލް ނުކުރެވޭ ކަމަށާއި އަލުން އެނބުރި ގައުމީ ޓީމުން ފުރުސަތު ލިބުމުން އޭނާ ވަރަށް އުފާވާ ކަމަށެވެ. މިދިޔަ ތިން އަހަރުގައި ވެސް ގައުމީ ޓީމަށް އަލުން ކުޅުމުގެ އުއްމީދު ކުރި ކަމަށް ވެސް އޭނާ ހާމަކުރިއެވެ.

ސްޕެއިންގެ ގައުމީ ޓީމަށް އަލުން ނެގި ސްކޮޑުން 21 އަހަރު ދަށުގެ ޔޫރޯގައި ވިދާލި ގިނަ ކުޅުންތެރިންތަކަކަށް ވަނީ ފުރުސަތު ދީފައެވެ.

ޑޭވިޑް ވިޔާއަކީ 2008 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިން އަށް ކާމިޔާބުކޮށް ދިނުމުގައި އިސް ރޯލެއް އަދާކުރި ކުޅުންތެރިޔެކެވެ. އޭނާއަކީ ސްޕެއިންގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު 97 މެޗުގައި 59 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް