ކ. މާލެ
|
12 މެއި 2025 | ހޯމަ 09:57
އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ
އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ
ރޮއިޓަރސް
އެމެރިކާ
ނޭޓޯގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރޫބިއޯ ތުރުކީ އަށް ވަޑައިގަންނަވަނީ
ތުރުކީގައި އޮންނަ ނޭޓޯގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރޫބިއޯ ކުރައްވާ މި ދަތުރުފުޅަކީ، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީގެ މަޤާމަށް ވަޑައިގެންނެވި ފަހުން، ނޭޓޯ ބައްދަލުވުމެއްގައި ރޫބިއޯ ބައިވެރިވެ ވަޑައިގަންނަވާނެ ފުރަތަމަ ފަހަރު.

މި މަހު ތުރުކީގައި އޮންނަ ނޭޓޯގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގުތުމަށް އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އެ ޤައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ތުރުކީގައި ނޭޓޯގެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހަށެވެ. އެ ބައްދަލުވުމަށް ވަޑައިގެން، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ނިންމުމާ ގުޅޭ ގޮތުން ރޫބިއޯ މަޝްވަރާ ކުރައްވާނެ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޖޫން މަހު ދަ ހޭގްގައި އޮންނަ ނޭޓޯ ސަމިޓަށް އަމާޒުކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޖެންޑާ ކުރިއަށް ގެންދިޔުމަށް ރޫބިއޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭގެ ތެރޭގައ ނޭޓޯ އިތުރަށް ވަރުގަދަކޮށް، ޚަރުދަނާ ކުރުމަަށް މެމްބަރު ޤައުމުތަކުން އެކުގައި މަސައްކަތް ކުރުމަށް ބާރު އަޅުއްވާނެ އެވެ. އަދި އެކަމާ ގުޅުން ހުރި މަޝްވަރާތައް ކުރިއަށް ގެންދަވައި، މުހިންމު ކަންކަން ފާހަަގަ ކުރައްވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ތުރުކީގައި އޮންނަ ނޭޓޯގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރޫބިއޯ ކުރައްވާ މި ދަތުރުފުޅަކީ، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީގެ މަޤާމަށް ވަޑައިގެންނެވި ފަހުން، ނޭޓޯ ބައްދަލުވުމެއްގައި ރޫބިއޯ ބައިވެރިވެ ވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި ބައިވެރިވާ މެމްބަރު ޤައުމުތަކުގެ ވަޒީރުން ޔުކްރެއިންގެ ޙާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ އިތުރުން، ނޭޓޯގެ ސަލާމަތީ އޮނިގަނޑު ޚަރުދަނާ ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ. 

ތުރުކީގައި އޮންނަ މި ބައްދަލުވުމުގެ ސަބަބުން، ޖޫން މަހު އޮންނަ ނޭޓޯގެ ސަމިޓަށް އިތުރު ކަންތައްތަކަށް މަގު ފަހިވެގެން ކަމަށް ކަމަށް މެމްބަރު ޤައުމުތަކުން އުންމީދު ކުރާ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

- ކޮމެންޓް