އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރާތްކޮށް، މައުލޫމާތު ސާކުފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް ބުނެ އުފެއްދި ރިޔާސީ ކޮމިޝަނުން އާދިއްތަ ދުވަހު ބުނީ، ކޮމިޝަންގެ މެންބަރުން މިއަދާހަމައަށް، މި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
ކޮމިޝަނުން ބުނީ އެ މައްސަލައާ ގުޅުންހުރި މީހުންގެ މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށެވެ.
ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިމައްސަލާގައި ފުލުހުން ދޮގު ހަދާފައިވާ ކަމަށާއި، ތަހުގީގު ވަރަށް ބޮޑަށް ހުރަސްއަޅާފައިވާ ކަމަށް ވެސް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.
މި ތަހުގީގު ކުރިއަށް ގެންދާ ގޮތާއި މެދު ހިތްހަމަ ނުޖެހި ގިނަ އަދަދެއްގެ ޒުވާނުން މަގުމައްޗަށް ނުކުމެ، އިންސާފު ހޯދައިދިނުމަށް ގޮވާލާ މުޒާހަރާ ކުރަން ފެށުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 27 އޭޕްރީލް 2025 ގައި ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. ނަމަވެސް މި ކޮމިޝަނަށް އިތުބާރު ނެތް ކަމަށް ޔުމްނުގެ އާއިލާގެ އިތުރުން އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ.
މި ކޮމިޝަންގެ މެންބަރުންނަކީ