ކ. މާލެ
|
8 މެއި 2025 | ބުރާސްފަތި 16:47
ޕާކިސްތާނުގެ ސިފައިންނަށް ތާއީދުކޮށް ޕާކިސްތާނުގެ އިސްލާމްއާބާދުގައި މެއި 7، 2025 ގައި އެ ގައުމުގެ ރައްޔިތުން މަގުމަތީގައި ހިނގާލުމެއް ބާއްވަނީ
ޕާކިސްތާނުގެ ސިފައިންނަށް ތާއީދުކޮށް ޕާކިސްތާނުގެ އިސްލާމްއާބާދުގައި މެއި 7، 2025 ގައި އެ ގައުމުގެ ރައްޔިތުން މަގުމަތީގައި ހިނގާލުމެއް ބާއްވަނީ
ރޮއިޓަރސް
ކަޝްމީރު
އިންޑިއާގެ 25 ޑްރޯން ޕާކިސްތާނުން ވައްޓާލައިފި
ޕާކިސްތާނުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާ އިން ފޮނުވާލި އިޒްރޭލުގައި އުފައްދާފައިވާ ހެރޮޕް ބްރޭންޑްގެ ޑްރޯންތައް ޤައުމުގެ އެކި ސަރަހައްދުތަކުން ވައްޓާލެވުނު ކަމަށެވެ. އަސްކަރީ ޚާއްސަ މަރުކަޒެއް ހުންނަ ރާވަލްޕިންޑީގައިވެސް ޑްރޯނެއްަ ވައްޓާލެވުނު ކަމަށް ބަޔާނުގައި ވެއެވެ.

ޕާކިސްތާނަށް އިންޑިއާ އިން ދިން ނުރައްކާތެރި ހަމަލާއަށް ފަހު، ޕާކިސްތާނުގެ ސިފައިން އިންޑިއާގެ 25 ޑްރޯން ވައްޓާލައިފި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބުދަ ދުވަހު އިންޑިއާ އިން ޕާކިސްތާނަށް މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ބަދަލު ހިފާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. މިހާތަނަށް ހަމަލާތަކުގައި ކުޑަކުދިން ހިމެނޭ ގޮތަށް ދެ ޤައުމުން 45 މީހަކު މަރުވެފައިވެއެވެ.

ޕާކިސްތާނުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާ އިން ފޮނުވާލި އިޒްރޭލުގައި އުފައްދާފައިވާ ހެރޮޕް ބްރޭންޑްގެ ޑްރޯންތައް ޤައުމުގެ އެކި ސަރަހައްދުތަކުން ވައްޓާލެވުނު ކަމަށެވެ. އަސްކަރީ ޚާއްސަ މަރުކަޒެއް ހުންނަ ރާވަލްޕިންޑީގައިވެސް ޑްރޯނެއްަ ވައްޓާލެވުނު ކަމަށް ބަޔާނުގައި ވެއެވެ.ލާހޯރު ސަރަހައްދުން ސިފައިންގެ އަމާޒަކަށް ޑްރޯނަކުން ވަނީ ހަމަލާ ދީފައެވެ. މި ހަމަލާގައި ހަތަރު ސިފައިންނަށް ޒަޚަމްތައް ލިބުނު ކަމަށް ޕާކިސްތާނުން ބުނެއެވެ. ސިންދު ސަރަހައްދުގައި އާންމު ރައްޔިތަކު މަރުވެ، އިތުރު މީހަކު ޒަޚަމްވެފައިވެއެވެ.ޑްރޯންތައް ވެއްޓުނު ސަރަހައްދުތަކަށް ގިނަ ބަޔަކު އެއްވެ، ސިފައިންގެ މަރުކަޒުތަކާ ކައިރިން ވެއްޓުނު ޑްރޯންތަކުގެ ބައިތައް ބަލަން އުޅޭ މަންޒަރުތައް ސޯޝަލް މީޑިއާ ގައި ވަނީ އާންމުވެފައެވެ. ލާހޯރުގައި ގޮވުމުގެ އަޑުތައް އިވުނެވެ.

މި ހާދިސާއާ ގުޅިގެން ކަރާޗީ ވައިގެ ބަނދަރު ބުރާސްފަތި ދުވަހު ހަވީރު 6 އާ ހަަމަ އަށް ވަނީ ބަންދުކޮށްފައެވެ. އިސްލާމާބާދާއި ލާހޯރުގެ ވައިގެ ބަނދަރުތައްވެސް ވަގުތީގޮތުން ބަންދުކުރެވުނެވެ.

މުސްލިމް އަޣްލަބިއްޔަތު އޮންނަ ކަޝްމީރު ސަރަހައްދާ ގުޅިގެން ޕާކިސްތާނާއި އިންޑިއާ ވަނީ އެތައް ހަނގުރާމަ އެއް ކޮށްފައެވެ. މި ސަރަހައްދަކީ ދެ ޤައުމުން ވެސް މުޅި ސަރަހައްދަށް ދަޢުވާކުރާ ތަނެކެވެ."ޝަހީދުންގެ ލޭގެ ކޮންމެ ތިއްކެއްގެ ބަދަލު ހިފާނަން،" ބުދަ ދުވަހު އިންޑިއާ އިން ޕާކިސްތާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ޤައުމާ މުޚާތަބުކުރައްވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު އިންޑިއާގެ އަސްކަރިއްޔާ އިން ބުނެފައިވަނީ، ބުރާސްފަތި ވިލޭރޭ ކަޝްމީރުގެ ބޯޑަރުގައި ދެ ގައުމުގެ ސިފައިން ބަޑީގެ ހަމަލާތައް ބަދަލު ކޮށްފައިވާ ކަމަށެވެ.

- ކޮމެންޓް