ކ. މާލެ
|
7 މެއި 2025 | ބުދަ 15:14
އާރްޓީއެލްގެ ފެރީގެ ޚިދުމަތް ގއ. އަދި ގދ. ށް ފެށުން
އާރްޓީއެލްގެ ފެރީގެ ޚިދުމަތް ގއ. އަދި ގދ. ށް ފެށުން
އެމްޓީސީސީ
އާރްޓީއެލް ފެރީގެ ޚިދުމަތް
ހުކުރު ދުވަހު ބައެއް ރޫޓުތަކުގައި އާރްޓީއައި ފެރީ ދަތުރުނުކުރަނީ، ދަތުރުކުރާނެ މީހުން ނުތިބޭތީ: މިނިސްޓަރު އަމީން
ހުކުރު ދުވަހު ދަތުރުތައް ބޭނުންވާ ހިސާބުތަކަށް ރައްޔިތުން އެދެމުންދާ ވަރަކަށް ޚިދުމަތް އަލުން ދަނީ ފަށަމުން
މި ޚިދުމަތަށް މިސަރުކާރުން އިހުމާލުވަމުންދާ ކަމަށް އާއްމުންގެ ގިނަ ރައްޔިތުން ދަނީ ބުނަމުން
ޝެޑިއުލްއާ އެއްގޮތަށް ދަތުރުތައް ނުކުރާ ކަމުގެ ޝަކުވާ ބޮޑު

ހުކުރު ދުވަހު ބައެއް ރޫޓުތަކުގައި އާރްޓީއެލް ފެރީގައި ދަތުކުރާނެ މީހުން އެއްވެސް ވަރަކަށް ނުތިބޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ ރަމަޟާން މަހުން ފެށިގެން ހުއްޓިފައި އޮތް ހުކުރު ދުވަހުގެ އާރްޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ ދުވަހަކާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ.

މި ސުވާލަށް މިނިސްޓަރު އަމީން ވިދާޅުވީ، ތަފާސްހިސާބުުތަކަށް ބަލާއިރު، ހަފްތާގެ 7 ދުވަހުގެ ފެރީގެ ޚިދުމަތް ދޭން ނުޖެހޭ ކަމަށާއި، ބައެއް ހިސާބުތަކަށް އެއްގޮތަކަށް ވެސް ހަފްތާގެ 7 ދުވަހު ފެރީގެ ޚިދުމަތް ދޭން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ހުކުރު ދުވަހު އެއްވެސް ވަރަކަށް ބައެއް ހިސާބުތަކަށް ފެރީގެ ދަތުރުތައް ބޭނުންނުވާ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ހުކުރު ދުވަހު ދަތުރުތައް ބޭނުންވާ ހިސާބުތަކަށް ރައްޔިތުން އެދެމުންދާ ވަރަކަށް ޚިދުމަތް އަލުން ފަށަމުންދާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ އެމްޓީސީސީގެ އާރްޓީއެލް ފެރީގެ ޚިދުމަތަކީ ބޮޑަށް ދައުލަތުން ސަބްސިޑައިޒްކުރެވިގެން ދެމުންދާ ޚިދުމަތެއް ކަމަށެވެ.

އަޅުގަނޑުމެންގެ ޑޭޓާއިން އެބަ އެނގޭ ހަފްތާއަކު 7 ދުވަހު ހުރިހާ އަތޮޅުތަކުގައި ނޫނިއްޔާ ހުރިހާ ރޫޓުތަކެއްގެ އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ. އެހެންވީމަ ޑޭޓާއަށް ބަލާފައި ބައެއް ރޫޓުތައް ހުންނާނެ މިހާރު ހުކުރު ދުވަހު އޮޕަރޭޓް ނުކުރާ. ނަމަވެސް އެރޫޓެއްގައި އެބޭނުންކުރައްވާ ރައްޔިތުން ބޭނުންވެ ވަޑައިގެން މިއަދު ވެސް އެދިއްޖެ ކަމަށްވަންޏާ، އަދި އެދެމުންދާ ރޫޓުތައް އަޅުގަނޑުމެން ރީސްޓާޓް ކުރަމުން މިގެންދަނީ. އެއީ ޑޭޓާއަށް ބަލާފައި ހުކުރު ދުވަހު ބައެއް ރޫޓުތަކުގައި ހަމައެއްގޮތަކަށް ވެސް ދަތުރެއް ނުކުރޭ. އެހެންވީމަ އެމްޓީސީސީގެ އާރްޓީއެލް ފެރީއަކީ ވަރަށް ބޮޑަށް ދައުލަތުން ސަބްސިޑައިޒްކުރެވިގެން ގާތްގަނޑަކަށް މިހާރުގެ ޑޭޓާއަށް ބަލާއިރު، 80 ޕަސެންޓް މުޅި އޮޕަރޭޝަނަށް ސަބްސިޑައިޒް ކުރަންޖެހޭ. 20 ޕަސެންޓް މިއޮންނަނީ ރިކަވަރީ. އެހެންވީމަ ދައުލަތުގެ ހަރަދު ވަރަށް ބޮޑަށް ހިނގަމުންދާ ކަމަށްވާތީ ވީހާ ވެސް މިނިމައިޒް ސަބްސިޑައިޒް ކުރަންޖެހޭ އަދަދު ކުޑަކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ކުރަންޖެހޭ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

ހުކުރު ދުވަހު ބައެއް ރޫޓުތަކުގައި އާރްޓީއެލް ފެރީގައި ދަތުކުރާނެ މީހުން އެއްވެސް ވަރަކަށް ނުތިބޭ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއިރު، މީގެ ކުރީގެ ސަރުކާރުގައި ވަރަށް ރަނގަޅަށް ދެމުންއައި މި ޚިދުމަތަށް މިސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބައެއް އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. ދަތުރު ކަނޑައަޅާ ޝެޑިއުލްއާ އެއްގޮތަށް ދަތުރުނުކުރާ ކަމުގެ ޝަކުވާއާއި، ހުކުރު ދުވަހު ދަތުރުތައް މެދުކަނޑާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް އާއްމު ރައްޔިތުން ކޮށްފައިވެއެވެ. އަދި ހުކުރު ދުވަހު ދަތުރުތައް ނެތުމަކީ ހަފްތާ ބަންދުގައި ރަށްރަށަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެމީހުން ބުނެއެވެ.

- ކޮމެންޓް