ކ. މާލެ
|
7 މެއި 2025 | ބުދަ 10:57
ލިވަޕޫލަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު އާނޯލްޑް
ލިވަޕޫލަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު އާނޯލްޑް
ރޮއިޓަރސް
ލިވަޕޫލް
އާނޯލްޑް ލިވަޕޫލް ދޫކޮށްލަނީ
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އާނޯލްޑް ދެން ބަދަލުވާނީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. މީގެ ކުރިން ވެސް އޭނާ ރެއާލަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް އޮތީ ފެތުރިފަ އެވެ.

ލިވަޕޫލަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު، ޓްރެންޓް އެލެކްސެންޑާ އާނޯލްޑް، އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

އުމުރުން 16 އަހަރުގެ ކުޅުންތެރިޔާ އޭނާގެ ސީނިއާ ކެރިއަރު ފެށީ، 2016 ވަނަ އަހަރު ލިވަަޕޫލް އިންނެވެ. އެ ކުލަބާ އެކު އޭނާ މިހާރު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު، މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ.

އެހެންކަމުން، އެއްބަސްވުން އައު ނުކޮށް ކުލަބު ދޫކޮށްލަން ނިންމާފައިވާކަން އާނޯލްޑް ވަނީ އިއުލާން ކޮށްފަ އެވެ. އަދި އޭނާ ވަނީ އެކަން ލިވަޕޫލްގެ އިސްވެރިންނަށް ވެސް އަންގައިފަ އެވެ.

އާނޯލްޑް ވަނީ ލިވަޕޫލްގެ ސީނިއާ ޓީމުގައި ހޭދަ ކުރި ނުވަ ސީޒަންގެ ތެރޭގައި އެ ޓީމަށް ކުޅެދިން 352 މެޗުގައި 23 ލަނޑު ޖަހައިފަ އެވެ. އަދި ލިވަޕޫލާ އެކު އޭނާ ވަނީ އަށް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑު، ޔުއެފާ ޗެެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާކަން ހާމަކޮށް އާނޯލްޑް ބުނެފައި ވަނީ، ލިވަޕޫލް ދޫކޮށްލަން ނިންމުމަކީ އޭނާ އަށް ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. އަދި މިހާތަނަށް ލިވަޕޫލްގައި ހޭދަ ކުރި ކޮންމެ ވަގުތަކާ މެދު ވެސް ފަޚުރުވެރިވާ ކަމަށް އާނޯލްޑް ވަނީ ބުނެފަ އެވެ.

ކުރިމަގާ ގުޅޭ ގޮތުން އޭނާ ބުނީ، މިއީ ފުޓުބޯޅަ ކެރިއަރުގައި އައު ޗެލެންޖަކާ ކުރިމަތިލާން ޖެހޭ ވަގުތެއް ކަމަށެވެ. ލިވަޕޫލް ދޫކޮށްލަން ނިންމީ، އެ ސަބަބާ ހުރެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އާނޯލްޑް ދެން ބަދަލުވާނީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. މީގެ ކުރިން ވެސް އޭނާ ރެއާލަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް އޮތީ ފެތުރިފަ އެވެ.

- ކޮމެންޓް