ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަނެހެން ކުއްޖަކު ގެއްލިގެން ހުށަހެޅުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން އަންނަ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފަ ވަނީ އަންގާރަ ދުވަހުގެ ހެނދުނު 08:30 އެހައިކަންހާއިރުއެވެ.
ހިޔާޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ވަނީ ކަށަވަރު ކުރެވިފައެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލް ގުޅިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.