ކ. މާލެ
|
6 މެއި 2025 | އަންގާރަ 11:00
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ރާއްޖެއެމްވީ
ވަޅިން ހަމަލަދީ މާރާމާރީ ހިންގުން
މާލޭގައި މީހަކަށް ވަޅިން ހަމަލާދީ، ޒަޚަމުކޮށްލައިފި
މާލޭގައި ވަޅިން ހަމަލަދީ ޒަޚަމްކޮށްލާފައި ވަނީ އުމުރުން 40 އަހަރުގެ މީހެއް

މާލޭގައި އުމުރުން 40 އަހަރުގެ މީހަކަށް ހަމަލާދީ، ޒަޚަމުކޮށްލައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައެވެ.

އެ މެސެޖުގައި ބުނެފައިވަނީ ހޯމަ ދުވަހުގެ ރޭ 20:35 ހާއިރު ސަބްދެލިމަގު ޗާންދަލިއާ ކައިރީގައި ހުރި 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ގަޔަށް ވަޅިން ހަމަލާ ދީ ޒަޚަމުކޮށްލި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން، ޒަޚަމްވި މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ބުނި ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.

ފުލުހުން އަންނަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

މާލޭގައި އާންމުކޮށް ވަޅި ފަދަ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގުން އާންމުވެފައިވާއިރު، މިފަދަ އަމަލުތައް ގިނައިން ހިންގަނީ ގޭންގުތަކުންނެވެ. ބައެއްފަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ވެސް މިފަދަ އަމަލުތައް ކުރެއެވެ.

ތޮއްޖެހިފައިވާ ވެރި ރަށް މާލޭގައި މާރާމާރީގެ މައްސަލަތައް ވަރަށް ބޮޑެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ވެސް މާރާމާރީގެ 199 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ.

- ކޮމެންޓް