ކ. މާލެ
|
6 މެއި 2025 | އަންގާރަ 09:03
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި އާމިނަތު މުނާ
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި އާމިނަތު މުނާ
ރާއްޖެއެމްވީ
މުނާ އިސްތިއުފާ ދިނުން
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
ފާއިތުވެދިޔަ ދޮޅު އަހަރެއްހައި ދުވަހު މަނިކުފާނުގެ ފަރާތްޕުޅުން ފެނިފައިވަނީ ރައްޔިތުންގެ އުއްމީދުތަށް ފުނޑުފުނޑުވާފަދަ ހިތާމަވެރި މަންޒަރުތަކެއް
އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުއާ މެދު ރައީސް މުއިއްޒުގެ ސަރުކާރުން އިހާނެތި އަމަލުކުރަމުންދޭ
ރައްޔިތުންނަށް ކަނޑއެޅިގެން އޮޅުވައިލެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ، އިންތިހާއަށް އިތުރުުޅުހައްދަވާ ބޭފުޅެއްކަން އެތައްފަހަރެއްގެ މަތިން ސާބިތުވެގެން ގޮސްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ސްލޮޓުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވާ އާމިނަތު މުނާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މުނާ އިސްތިއުފާ ދެއްވީ ހޯމަ ދުވަހުއެވެ. މުނާ ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައީސްކަމަށް ރައީސް މުއިއްޒު ދިވެހި ރައްޔިތުން އިންތިހާބުކުރެއްވީ ވަރަށް ފޮނި އުއްމީދުތަކާއެކު ކަމަށެވެ. އަދި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ ފޮނި އުއްމީދުގައި މަނިކުފާނަށް ދިވެހިރާއްޖޭގެ ރިޔާސަތު ހަވާލުކުރެވުނު ނަމަވެސް، މަނިކުފާނުގެ ވެރިކަމުގައި ފާއިތުވެދިޔަ ދޮޅު އަހަރެއްހައި ދުވަހު މަނިކުފާނުގެ ފަރާތްޕުޅުން ފެނިފައިވަނީ ރައްޔިތުންގެ އުއްމީދުތަށް ފުނޑުފުނޑުވާފަދަ ހިތާމަވެރި މަންޒަރުތަކެއް ކަމަށެވެ.

އަދި ރިޔާސީ އިންތިހާބުގެ ދުވަސްވަރާއި އަދި އޭގެ ފަހުންވެސް ރައީސް މުއިއްޒުގެ ބަހާއި އަމަލާ ދިމާނުވާ އަދި ގިނަ ކަންކަމުގައި ރައްޔިތުންނަށް ކަނޑއެޅިގެން އޮޅުވައިލެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ، އިންތިހާއަށް އިތުރުުޅުހައްދަވާ ބޭފުޅެއްކަން އެތައްފަހަރެއްގެ މަތިން ސާބިތުވެގެން ގޮސްފައިވާ ކަމަށެވެ.

ވަކިން ހާއްސަކޮށް އޭނާ ނިސްބަތްވާ މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސްގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު އާއި މެދު ރައީސް މުއިއްޒުގެ ސަރުކާރުން އަމަލުުކުރައްވަމުން ގެންދަވާ އިހާނެތި ގޮތާއިހެދި، އިންތިހާއަށް ދެރަވެ އެކަމާއި ކަންބޮޑުވާ ކަމަށެވެ.

އަދި ސިޔާމަކީ މަޖިލީހުގައިވެސް އޭނާ ތަމްސީލުކުރާ މެންބަރަށް ވެފައި، ސިޔާމްގެ ވިޔަފާރިއަށް ދަތިކޮށް، މުދާތައް ފޭރި، އަދި ސިޔާމްގެ އަގުވައްޓާލުމަށް މުއިއްޒުއާއި މުއިއްޒުގެ ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ކުރަމުންދަނީ ވަރަށް ނާތަހުޒީބު މަސައްކަތެއްކަމަށް ސިޓީގައި މުނާ ވިދާޅުވެފައިވެއެވެ.

މުނާގެ ސިޓީގައި އިސްތިއުފާ ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވީ އޭނާ ނިސްބަތްވާ ޕާޓީގެ ރައީސް އަދި އޭނާ ތަމްސީލުކުރާ މަޖިލީހުގެ މެންބަރަށް އަނިޔާވެރި ސަރުކާރެއްގެ ސިޔާސީ މަގާމެއްގައި ދެމިހުރުމަކީ އޭނާގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް