ކ. މާލެ
|
6 މެއި 2025 | އަންގާރަ 11:01
ހއ.ބާރަށް: ސިހުރު ހަދާކަމުގެ ތުހުމަތުގައި އެ ރަށުން ވަނީ އަށް މީހަކު ހައްޔަރުކޮށް ސުވާލުކޮށްފަ
ހއ.ބާރަށް: ސިހުރު ހަދާކަމުގެ ތުހުމަތުގައި އެ ރަށުން ވަނީ އަށް މީހަކު ހައްޔަރުކޮށް ސުވާލުކޮށްފަ
ސޯޝަލް މީޑިއާ
ސިހުރު ހަދާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރު
ބާރަށުން ސިހުރު ހަދާކަމުގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކުރި ނަމަވެސް ހެއްކެއް ނުފެނުމުން ދޫކޮށްލައިފި
ހއ. ބާރަށުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކުރި ނަމަވެސް އެއްވެސް ހެއްކެއް ނެތުމުން ވަނީ ދޫކޮށްލާފަ
މި އަށް މީހުން ހައްޔަރުކުރީ ފުލުހުންގެ ބާރަށުގައި ހިންގި އޮޕަރޭޝަނެއްގައި

ހއ. ބާރަށުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކުރި ނަމަވެސް އެއްވެސް ހެއްކެއް ނެތުމުން އެ އެންމެން ދޫކޮށްލައިފިއެެވެ.

އެ ރަށުން ސިހުރުހަދާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފައި މިވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ހޯމަ ދުވަހު ހެނދުނު 7:00އިން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ މި އޮޕަރޭޝަނުގައި އެ ރަށުގެ އަށް ތަނެއް ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ޚިދުމަތުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި މީހަކު ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ބުނީ، ފުލުހުން ކޯޓު އަމުރުހިފައިގެން އައިސް ގެއަށް ވަދެ އެއްވެސް ސުވާލެއް ކުރުމެއް ނެތި ބިޑިއަޅުވައިގެން ބަލާ ފާސްކުރީ ކަމަށާއި ނަމަވެސް ކަމާއި ގުޅުންހުރި އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށެވެ.

އަދި ޗެކު ކުރުމަށްފަހު ވެސް ފުލުހަށް ގެންގޮސް ސުވާލުކުރިކަމަށާއި އެއަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.

އަދި ފުލުހުންގެ އެ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތު ތަކެއް ކަމަށާއި ސިހުރުފަދަ ނުބައި އަމަލެއް ދުވަހަކުވެސް ކޮށްފައި ނުވާނޭ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.

" އަހަރެން ގޭގައި ހުއްޓައި ފުލުހުން އައީ ކޯޓުމުރެއް ހިފައިގެން، އައިސް އަހަރެންނަށް އެ ކޯޓުއަމުރުގައި އޮތް އެއްޗެއް ކިޔައިދިނުމަށް ފަހު ފުރަތަމަ ވެސް ބިޑި އެޅުވީ. ބިޑީ އަޅުވާފަ ޗެކް ކުރީ. އެމީހުންނަށް އަހަރެމެންގެ ގެއިން އެބުނާ ޒާތުގެ އެއްވެސް އެއްޗެއް ނުފެނުނު. ދެން ފުލުހަށް ގެންގޮސް ބިޑި ނައްޓާލާފައި ސުވާލުކުރީ

ސިހުރު ހަދާކަމުގެ ތުހުމަތުގައި ބާރަށުން ހައްޔަރު ކުރި ފަރާތެއް

އޭނާ އިތުރަށް ބުނީ ފުލުހުންގެ މި އަމަލުގެ ސަބަބުން ބައެއްގެ އަބުރާއި އިޒަތް ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށެވެ.

އަދި ނުކުރާ ކަމެއްގެ ތުހުމަތު އަޅުވައި ބިޑި އެޅުވުމަށް ފަހު ހައްޔަރު ކުރުމަކީ އެމީހުންގެ ހައްގުތަކަށް ފުލުހުން އަރައިގަތުން ކަަމަށް ވެސް އެފަރާތުން ބުނެފައިވެއެވެ.

ފުލުހުންގެ މި ތުހުމަތުތައް އެފަރާތްތަކުން ދޮގުކުރި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހުން ހައްޔަރުކޮށްފައި ވަނީ އެ ރަށުގެ މީހުން މެރުމަށާއި މީހުންނަށް ބޮޑެތި ބަލިތައް ޖެއްސުމަށާއި ގެދޮރު ފަޅުކޮށް އާއިލާތައް ރޫޅުމާއި، ވިޔަފާރިތައް ބަނގުރޫޓު ކުރުމާއި ކިޔަވާކުދިންގެ ކިޔެވުން ހަލާކޮށްލުމަށް ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކަމަށް ފުލުހުން ނެގި ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ސިހުރުގެ މައްސަލައަކީ ރާއްޖޭގައި ޒަމާންވީ، ބޮޑު މައްސަލައެކެވެ. އެ ފަދަ މައްސަލަތައް ތަހުގީގު ކުރުމަށް މީގެ ކުރިން ވެސް ބައެއް މީހުން ހައްޔަރުކޮށްފައި ވެއެވެ.

އެގޮތުން މިދިޔަ ޑިސެމްބަރު މަހު ހއ. ކެލާގައި ސިހުރު ޖެހި ބަޔަކު ބަލިވިކަމަށް ބުނާ މައްސަލައެއްގައި ފުލުހުން ވަނީ އެ ރަށަށް އަރާ ގެތައް ބަލާ ފާސްކޮށް، ބަޔަކު ހައްޔަރުކޮށްފަ އެވެ.

ނަމަވެސް އެ މައްސަލަތައް ބެލުމަށް ބޭނުންވާ ގާނޫނުތަކާއި ވަސީލަތްތައް ނެތުމުގެ ދަތިކަން ތަހުގީގީ އިދާރާތަކަށް ވަނީ ފޯރައިފައެވެ.

- ކޮމެންޓް