ކ. މާލެ
|
4 މެއި 2025 | އާދީއްތަ 09:22
އދ ގެ ޚާއްސަ މަންދޫބު ޕެޑާސަން
އދ ގެ ޚާއްސަ މަންދޫބު ޕެޑާސަން
އޭއެފްޕީ
އިސްރާއީލް ސީރިއާ ހަނގުރާމަ
އިސްރާއީލް އިން ސީރިއާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އދ ގެ ޚާއްސަ މަންދޫބު ގޮވާލައްވައިފި
އދ ގެ ޚާއްސަ މަންދޫބު ޕެޑާސަން ވިދާޅުވީ، ސީރިއާގެ މިނިވަންކަމާއި، ސިޔާދަތައް އަރައި ގަތުމަށް އިސްރާއީލް އިން ދެމުން އަންނަ ހަމަލާތައް ކުށްވެރި ކުރައްވާ ކަމަށެވެ.

ސީރިއާ އަށް އަމާޒުކޮށް އިސްރާއީލް އިން ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް، އދ ގެ ޚާއްސަ މަންދޫބު ގެއިރް ޕެޑާސަން ގޮވާލައްވައިފި އެވެ.

އިސްރާއީލް އިން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ސީރިއާ އަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ދަމަސްކަސްގައި ހުންނަ ރިޔާސީ ގަނޑުވަރު ހިމެނޭ ސަރަހައްދަށް ވެސް އިސްރާއީލް އިން ވަނީ ހަމަލާ ދީފަ އެވެ.

އެކަމާ ގުޅިގެން އދ ގެ ޚާއްސަ މަންދޫބު ޕެޑާސަން ވިދާޅުވީ، ސީރިއާގެ މިނިވަންކަމާއި، ސިޔާދަތައް އަރައި ގަތުމަށް އިސްރާއީލް އިން ދެމުން އަންނަ ހަމަލާތައް ކުށްވެރި ކުރައްވާ ކަމަށެވެ. އޭގެ ތެރޭގައި ދަމަސްކަސް އަދި އިތުރު ދެ ސަރަހައްދަކަށް އިސްރާއީލް އިން ދޭ ހަމަލާތައް ހިމެނެ އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ރޭ ސީރިއާގެ އަސްކަރީ އަމާޒުތަކަށް 20 އަށްވުރެ ގިނަ ހަމަލާ ދީފައިވެ އެވެ.

މިއީ މިއަހަރު އިސްރާއީލުން އެ ޤައުމަށް ދިން އެންމެ ބޮޑު ހަމަލާ އެވެ. ސީރިއާގެ ސަރުކާރުގެ ނޫސް އެޖެންސީ ސަނާ އިން ބުނެފައިވާ ގޮތުގައި، މި ހަމަލާ ތަކުގައި އެކަކު ވަނީ މަރުވެފަ އެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ ބަޔާނެއްގަައި ބުނެފައި ވަނީ، ސީރިއާގެ އަސްކަރީ މަރުކަޒުތަކާއި، އެންޓި-އެއާކްރާފްޓް ކެނަންތައް އަދި މިސައިލް އިންފްރާންސްޓްރަކްޗާ އަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށެވެ. 

މިއީ ސީރިއާގެ އައު ވެރިކަމަށް އަމާޒުކޮށް އިސްރާއީލް އިން ދިން އެންމެ ފުރަތަމަ އިންޒާރު ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. 

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަލް އަސަދު ވެރި ކަމުން ވައްޓާލި ފަހުން، އިސްރާއީލް އިން ސީރިއާ އަށް ދެމުން އަންނަ ހަމަލާތައް އިތުރުވެފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

- ކޮމެންޓް