ކ. މާލެ
|
26 އޯގަސްޓް 2017 | ހޮނިހިރު 05:57
"ގެލެކްސީ ނޯޓް 8" ދައްކާލުން
"ގެލެކްސީ ނޯޓް 8" ދައްކާލުން
ގޫގުލް
"ގެލެކްސީ ނޯޓް 8"
"ގެލެކްސީ ނޯޓް 8" ދައްކާލައިފި
އައު ފީޗާސްތައް މިފޯނުގައި ހިމެނޭ
ފޯނު ބާޒާރަށް ނިކުންނާނީ ސެޕްޓެމްބަރ 15ގައި

ސެމްސަންގްގެ އެންމެ ފަހުގެ ނޯޓް ސީރީސްގެ ފޯން، ސެމްސަންގ ގެލެކްސީ ނޯޓް 8 ދައްކާލައިފިއެވެ.

 

ނޯޓް 8 ގެ އާ ފީޗާސްތަކުގެ ތެރޭގައި ގެލްކްސީ އެސް 8 ފަދައިން ނޯޓު 8 ވެސް ކަންތައް ތޫނުކޮށް، ބޯޑަރެއް ނެތް ސްކްރީނެއްގައި ފަރުމާކޮށްފައެވެ. އަދި ދިގުމިނުގައި 6.3 އިންޗު ހުންނަ މިފޯނު ސްޕީޑް އެހެން ފޯނުތަކަށް ވުރެ ހަލުއި ވެގެން ދަނީ އަޅުވާފައިވާ 6 ޖީބީގެ ރޭމުންނެވެ. 

 

ކެމެރާގައި 12 މެގަ ޕިކްސެލް ހިމަނާފައިވާއިރު ސެމްސަންގއިން މިފަހަރު ވަނީ ޓެލެފޮޓޯ ލެންސަކާއި ވައިޑް އޭންގަލް ލެންސެއްވެސް މިފޯނުގައި ހިމަނާފައެވެ. މިކެމެރާއެކު މުޅިން އާ ފީޗާއެއް ކަމަށްވާ "ލައިވް ފޯކަސް" ވަނީ ނޯޓް 8 ގައި ތައާރަފްކޮށްފައެވެ.

 

ބައެއް  ފީޗާރސްތައް:

 * ދިގުމިން 162.5 މިލިމީޓަރު، ފުޅާމިން 74.6 މިލިމީޓަރު، ބޯމިން 8.5 މިލިމީޓަރު

* ކުއެލްކޮމް ސްނެޕްޑްރެގަން 835 ޕްރޮސެސާ (އެމެރިކާގައި) އަދި އެހެން ހިސާބުތަކަށް އެޒިނޮސް 8895 ޕްރޮސެސާ

* 6 ޖީބީ ރޭމް، 64 ޖީބީ ސްޓޮރޭޖް، އެކްސްޓާނަލް ކާޑު ޖަހައިގެން ސްޓޮރޭޖް އިތުރުވެސް ކުރެވޭނެ

* 12 މެގަޕިކްސެލްގެ ސެންސާއާ އެކު ފަހަތުގައި ދެ ކެމެރާ. އެއް ކެމެރާ އަކީ ވައިޑް އޭންގަލް ކެމެރާއެއް، އަނެއް ކެމެރާ އަކީ ދުރުން ފޮޓޯ ނަގަން ހާއްސަ ކެމެރާއެއް، އޭގައި 2 x އޮޕްޓިކަލް ޒޫމް އިންނާނެ. އޮޕްޓިކަލް އިމޭޖް ސްޓެބިލޭޝަން މި ދެ ކެމެރާގައި ވެސް ހިމެނޭ.

* ކުރިމަތީގައި އިންނަ ކެމެރާ އަކީ 8 މެގަޕިކްސެލްގެ ކެމެރާއެއް. އޮޓޯ ފޯކަސް ވާނެ

* ފާސްޓް ޗާޖިން 3،300 މިލިއެމްޕްއަވާ ބެޓެރީއެއް. ޗާޖުކުރާނީ ޔޫއެސްބީ-ސީ އަދި ވަޔަލެސްކޮށް

 

މި ފޯނު ކުލަތަކުގެ ތެރޭގައި މިޑްނައިޓް ބްލެކް އަދި މޭޕްލް ގޯލްޑް ލިބެން ހުރި އިތުރު އެޑިޝަންގެގޮތުގައި އޯކިޑް ގްރޭ އާއި ޑީޕް ސީ ބްލޫ ކުލައިގެ ފޯނު ނެރޭނެއެވެ.

މި ފޯނުގެ ފިންގަ ޕްރިންޓް ސެންސާ އިންނާނީ ފޯނުގެ ފަހަތުގައިއެވެ.

 

ނޯޓް ސީރީސްގެ ނޯޓް 7 ގެ ނާކާމިޔާބީއަށް ފަހު ގިނަ ބަޔަކު ވަނީ ނޯޓާއި މެދު ސުވާލު އުފައްދާފައެވެ. އެހެންނަމަވެސް މި ފީޗާރސްތަކާއި މެދު ނޯޓް ސީރީސްއަށް ލޯބި ކުރާ ފަރާތްތަކުން ތިބީ ހިތްހަމަޖެހިފައެވެ.

 

މިފޯނު ދުނިޔޭގެ ބާޒާރަށް ވިއްކަން ނެރޭނީ ސެޕްޓެމްބަރ 15 ވަނަ ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް