ކ. މާލެ
|
3 މެއި 2025 | ހޮނިހިރު 11:02
އިސްރާއީލްގެ އަޔަން ޑޯމް އެންޓި މިސައިލް ސިސްޓަމް މެދުވެރިކޮށް، މީގެ ކުރިން ފޮނުވާފައިވާ ބައެއް ހަމަލާތައް ވެސް ވަނީ ހުއްޓުވާފައި
އިސްރާއީލްގެ އަޔަން ޑޯމް އެންޓި މިސައިލް ސިސްޓަމް މެދުވެރިކޮށް، މީގެ ކުރިން ފޮނުވާފައިވާ ބައެއް ހަމަލާތައް ވެސް ވަނީ ހުއްޓުވާފައި
ރޮއިޓަރސް
އިސްރާއީލް
ޔަމަނުން ފޮނުވާލި ދެ މިސައިލެއް ހުއްޓުވާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި
އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ދެ ވަނަ ހަމަލާއާ ގުޅިގެން ވައިގެ ދިފާއީ ނިޒާމުތައް ޙަރަކާތްތެރިވެފައިވާ ކަމަށެވެ.

އިސްރާއީލްގެ ސަރަހައްދަށް އަމާޒުކޮށް ޔަމަނުންް ފޮނުވާލި ދެ މިސައިލެއް 12 ގަޑިއިރު ތެރޭގައި ހުއްޓުވާފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

މި ދެ ހަމަލާގެ ތެރެއިން ފުރަތަމަ ހަމަލާގެ ޒިންމާ ހޫތީން އިން ވަނީ ނަގައިފަ އެވެ. އަދި ދެ ވަނަ މިސައިލް އިންޓަސެޕްޓް ކުރަމުން ދިޔަ ވަގުތުގައި ޖެރޫސަލަމްގައި ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ދެ ވަނަ ހަމަލާއާ ގުޅިގެން ވައިގެ ދިފާއީ ނިޒާމުތައް ޙަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ފުރަތަމަ މިސައިލް އިސްރާއީލްގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ހުއްޓުވާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

ހޫތީން އިން ބުނެފައި ވަނީ ހައިފާގެ އިރުމަތީ އެއާ ބޭސް އަކަށް ހައިޕަސޮނިކް ބެލިސްޓިކް މިސައިލެއް އަމާޒުކޮށްފައިވާ ކަމަށެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވީ، ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓެންދެން އަދި އެހީ ވެއްދުމަށް ފުރުސަތު ދެންދެން، އިސްރާއީލަށް އަމާޒުކޮށް ހަމަލާ ދިނުން ކުރިއަށް ގެންދާނެ ކަމަށެވެ. 

ހޫތީން އިން ވަނީ ރަތް ކަނޑުން ދަތުރު ކުރާ އުޅަނދު ފަހަރުތަކަށް ވެސް ހަމަލާ ދޭން ފަށައިފަ އެވެ. އެކަމާ ގުޅިގެން އެމެރިކާ އިން ވަނީ ޔަމަނަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ.

އެގޮތުން އެމެރިކާ އިން ހާމަކޮށްފައިވާ ގޮތުގައި މާޗު މަހު އެކަނި ވެސް، ޔަމަންގެ 1000 އަށް ވުރެ ގިނަ އަމާޒުތަކަށް ވަނީ ހަމަލާ ދީފަ އެވެ. 

- ކޮމެންޓް