ކ. މާލެ
|
2 މެއި 2025 | ހުކުރު 21:55
ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބާރުގެ ބޭނުންކޮށް ޒުވާނުންގެ މުޒާހަރތާ ރޫޅާލައި ދެ ޒުވާނަކު ހައްޔަރު ކުރުން އެޗްއާރުސީއެމް އިން ކުއްވެރިކޮސްފައެއް ނުވޭ
ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބާރުގެ ބޭނުންކޮށް ޒުވާނުންގެ މުޒާހަރތާ ރޫޅާލައި ދެ ޒުވާނަކު ހައްޔަރު ކުރުން އެޗްއާރުސީއެމް އިން ކުއްވެރިކޮސްފައެއް ނުވޭ
ރާއްޖެއެމްވީ
ޒުވާނުންގެ މުޒާހަރާ
ބާރުގެ ބޭނުންކޮށް އަނިޔާވެރިގޮތަކަށް ޒުވާނުންގެ މުޒާހަރާ ރޫޅާލުން އެޗްއާރުސީއެމް އިން އެކަން ކުށްވެރިއެއް ނުކުރި!
ސުލްހަވެރި މުޒާހަރާތަކުގެ މިނިވަންކަން ދޭންޖެހޭނެކަމަށް ބުނެފައިވާއިރު، ފުލުހުން ޒުވާނުންގެ ސުލްހަވެރި މުޒާހަރާ ބާރުގެ ބޭނުންކޮށް ރޫޅާލުން ކުއްވެރިއެއް ނުކުރޭ
ގާނޫނުއަސާސީގައިވާ ގޮތަށް ސުލްހަވެރިކަމާއި އެކު މުޒާހަރާ ކުރެވެންޖެހޭނެ

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ދޭންޖެހޭނެ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބަޔާނެއް ނެރުނު ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުން ކުރި ސުލްހަވެރި މުޒާހަރާ ބާރުގެ ބޭނުންކޮށް ރޫޅާލުމުން ވެސް އެކަން އެޗްއާރުސީއެމް އިން ކުއްވެރި ނުކުރި އެވެ.

އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުން ކުރި މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލީ ކުރިން އިންޒާރު ދިނުމަކާ ނުލަ އެވެ. ފުލުހުން ވަނީ އެ މުޒާހަރާ ލީޑު ކުރާ ޒުވާނުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވަމުން އައި ދެ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ.

އެޗްއާރުސީއެމްއިން ނެރުނު ބަޔާނުގައި ބުނީ ގާނޫނުއަސާސީގައިވާ ގޮތަށް މުޒާހަރާ ކުރެވެންޖެހޭނެ ކަމަށާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގާ އެއްގޮތްވާ ގޮތުގެ މަތިން ސުލްހަވެރި އެއްވުންތަކާއި އެފަދަ އެއްވުންތަކުގައި ގިނަ ޒުވާނުންތަކެއް ބައިވެރިވެ އުޅުމަކީ އެ ކޮމިޝަނުން ބަލައިގަންނަ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ އެ އަމަލު ކުއްވެރި ކުރާވާހަކައެއް އެ ބަޔާނުގައި ބަޔާންކޮށްފައެއް ނެތެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުން ކުރި މުޒާހަރާ ބާރުގެ ބޭނުންކޮށް އަނިޔާވެރިގޮތަކަށް ފުލުހުން މުޒާހަރާ ރޫޅާލި ނަމަވެސް އެކަމާއި ގުޅިގެން ސީދާ އެޗްއާރްސީއެމް އިން އެއްޗެއް ނުބުނެފައި ނުވާއިރު، މުޒާހަރާ ރޫޅާލާއިރު ގާނޫނީ އިމުގެ ތެރެއިން އަމަލު ކުރަން ފުލުހުންނަށް އިލްތިމާސް ކޮށްފައި ވެއެވެ.

އަދި އެއީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާ، ރާއްޖޭން ސޮއިކޮށް ތަސްދީގުކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މި ވާހަކަތަކަށް ފަހު، ކޮމިޝަނުގެ ބަޔާނުގައި ދެން ފާހަގަ ކުރާ ކަމަކީ އެ ހައްގުގެ ބޭނުން ކުރުމުގައި އެއް ބަޔަކު އަނެއް ބައެއްގެ ހައްގަށް އަރައިނުގަނެ ހައްގުތަކަށް އިހުތިރާމް ކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށް ޓަކައި މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ކޮމިޝަނުގެ ބަޔާނުގައި ބުނީ އެއްވާއިރު ދަރިވަރުންގެ އިމްތިހާނުތަކަށް ވިސްނުމަށާއި ހިނގާ މީހުންނަށް އުނދަގޫ ނުކުރުމަށާއި ވެހިކަލްތަކަށް އުނދަގޫނުވާނެ ގޮތަކަށް އަމަލު ކުރަން ޖެހޭނެކަމަށެވެ.

ހަމައެހެންމެ، މިދުވަސްވަރަކީ ޖީސީއީ އޯލެވެލް އިމްތިޙާނު ދުވަސްވަރުކަމުން، މަގުތަކުގައި އަޑުގަދަނުކޮށް މިފަދަ އެއްވުންތަކުގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ކޮމިޝަނުން އިލްތިމާސް ކުރަމެވެ.

އެޗްއާރުސީއެމް

މުޒާހަރާއިން ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކުރީ އުމުުރުން 19 އަހަރުގެ އައިޝަތު ޝިމަން އަހުމަދު އާއި އުމުރުން 28 އަހަރުގެ އަހުމަދު މަހްޒޫމް މާޖިދު އެވެ. އެ ދެ މީހުންގެ ބަންދަށް ހުކުރު ދުވަހު ވަނީ ކޯޓުން ތިން ދުވަސް ޖަހައިފަ އެވެ.

- ކޮމެންޓް