ކ. މާލެ
|
26 އޯގަސްޓް 2017 | ހޮނިހިރު 01:20
ސުޕްރީމް ކޯޓުގައި ޕާކްކޮށްފައިވާ ކާރެއް
ސުޕްރީމް ކޯޓުގައި ޕާކްކޮށްފައިވާ ކާރެއް
ޓްވިޓަރ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބަންޑާރަ ނައިބް މުހައްމަދު އަނިލް ސުޕްރީމް ކޯޓުގައި!
އަނިލްގެ އިތުރުން ޝިޔާމް އަދި އާދަމް ޝަރީފްވެސް ކޯޓު ސަރަހައްދުން ފެނިފައިވޭ
އަނިލް ނިކުމެވަޑައިގަންނަވާ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ
އެކަމާއި ގުޅޭގޮތުން ބަންޑާރަ ނައިބް އޮފީހުގެ ބަހެއްވެސް އަދި ޑިފެންސް މިނިސްޓްރީގެ ބަހެއްވެސް ލިބޭގޮތްވެފައެއް ނުވޭ

ބަންޑާރަނައިބް މުހައްމަދު އަނިލް، ސުޕްރީމު ކޯޓުގައި ގިނަ އިރުތަކެއް ހޭދަކޮށްފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތުލިބިފައިވާ ގޮތުގައި އަނިލް ސުޕްރީމް ކޯޓަށް ވަޑައިގެންފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތު ކަމަށާއި، ކޯޓުން ނިކުމެ ވަޑައިގެންފައިވަނީ ހުކުރު ދުވަހުގެ ރޭ 00:15 އެހާކަންހާއިރު އެވެ. އަނިލް ސުޕްރީމް ކޯޓުން ނިކުމެވަޑައިގެންނެވި މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވެފައެވެ.

 

އަނިލްގެ އިތުރުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރާއި، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްވެސް ސުޕްރީމް ކޯޓުގައި އުޅުއްވިކަމުގެ މައުލޫމާތުތަކެއް ލިބިފައިވެއެވެ. ނަމަވެސް އެކަމާއި ގުޅެގޮތުން ބަންޑާރަ ނައިބް އޮފީހުގެ ބަހެއްވެސް އަދި ޑިފެންސް މިނިސްޓްރީގެ ބަހެއްވެސް ލިބޭގޮތްވެފައެއް ނުވެއެވެ. 

 

އެސަރަހަްއްދުގައި ހުރި ރާއްޖެޓީވީގެ ނޫސްވެރިޔާ މައުލޫމާތުދިން ގޮތުގައި ސުޕްރީމް ކޯޓު ވަނީ ވަރަށް ބޮޑަށް ދިއްލާފައި ކަމަށާއި ފުލުހުންވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
26 އޯގަސްޓް 2017 | ހޮނިހިރު 05:10
ޓެރަރިސްޓް އަންނި
ނައިސް އެޑިޓިންގ
26 އޯގަސްޓް 2017 | ހޮނިހިރު 02:13
Husain
Yagundaa furumuge kurin security varugadha kollaneeyoala