އިމާރާތެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖުގެ ތެރެއަށް ފުލުހުން ވަދެ އަނިޔާކޮށް ބާރުގެ ބޭނުންކުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ހަރުކަށި އިބާރާތުުން ކުށްވެރިކުރައްވައިފި އެވެ.
ސުލްހަވެރިކަމާއެކު ޒުވާނުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއަށް ފުލުހުން ވަދެފައިވަނީ އިންޒާރު ދިނުމާނުލައެވެ. އަދި ޕެޕަރސްޕްރޭ ޖަހާ ޒުވާނުންނަށް އަނިޔާކޮށް އިހުތިޖާޖުގައި އިސްކޮށް އުޅޭ ދެ ޒުވާނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ އިހުތިޖާޖުގައި ތިބި އެެހެން ޒުވާނުންނަށްވެސް އެކިވަރުގެ އަނިޔާވެފައިވެ އެވެ.
ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ސުލްހަވެރިކަމާއެކު ކުރިއަށްގެންދިޔަ އިހުތިޖާޖަށް ހުރަސްއަޅާ އަނިޔާކޮށްފައިވާތީ އެކަން ކުށްވެރިކުރައްވާ އެމްޑީޕީ ރައީސް ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ މަހުޒޫމް މާޖިދު އާއި ޝިމަން ހައްޔަރުކޮށްފައިވަނީ އިތުރު ގޯސްތަކެއް ނުހެދުމަށް ސަރުކާރަށް ގޮވާލަމުން ދިޔަ ދަނޑިވަޅެއްގައި ކަމަށެވެ.
ޝާހިދު ވިދާޅުވީ ޒުވާނުންތައް ހައްޔަރުކޮށްފައިވަނީ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ އިހްތިޖާޖީ ހަރަކާތްތަކުގެ އަށްވަނައަށްވީ ދުވަހު ކަމަށާއި، މި އިހުތިޖާޖު ފެށިފައިވަނީ ޝަރުޢީ ދާއިރާގެ ޖަވާބުދާރީވުން އިތުރުކުރުމަށާއި، ޤައުމު ހައިރާންކޮށްލި ހިތާމަވެރި މައްސަލައަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލުމަށް ކަމަށެވެ. އަދި މުޒާހަރާތައް ކުރިއަށްދަނީ ސުލްހަވެރިކަމާއެކު ކަމުގައި ވީނަމަވެސް، ފުލުހުން ބޭނުންކުރާ ބާރުގެ މިންވަރާމެދު ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.
ޝާހިދު ވިދާޅުވީ އިހުތިޖާޖުކުރަމުންދާ މީހުންގެ އަޑުކަނޑުވާލުމަކުން ހަމަޖެހުން ނުގެނެވޭނެ ކަމަށާއި، އެކަމުގެ ސަބަބުން އިތުބާރު ގެއްލި ނުތަނަވަސްކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި ހައްޔަރުކުރި ދެ ޒުވާނުން ލަސްނޮކުށް ދޫކޮށްލުމަށްވެސް ޝާހިދު ވަނީ ގޮވާލައްވާފަ އެވެ.
Despite clear calls for restraint, the government has escalated its response by arresting demonstration organisers @MahzoomMajidh and @dh0nkeyo
— Abdulla Shahid (@abdulla_shahid) May 1, 2025
These arrests come on the eight day of peaceful protests spearheaded by the youth, demanding judicial accountability and action over a… pic.twitter.com/yM69a0DhRo
Despite clear calls for restraint, the government has escalated its response by arresting demonstration organisers @MahzoomMajidh and @dh0nkeyo
— Abdulla Shahid (@abdulla_shahid) May 1, 2025
These arrests come on the eight day of peaceful protests spearheaded by the youth, demanding judicial accountability and action over a… pic.twitter.com/yM69a0DhRo
ބާރުގެ ބޭނުންކޮށްގެން ޒުވާނުންގެ މުޒާހަރާގައި ފުލުހުން އަނިޔާކުރި މައްސަލައިގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދޅުވީ ބުރާސްފަތި ދުވަހުގެ ރޭ ސުލްހަވެރި މުޒާހަރާގެ ބައިވެރިންނަށް ސަރުކާރުން ދިން އަނިޔާވެރި އަދި ނުހައްގު ހަމަލާހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ ލަދުވެތި ކަމެއް ކަމަށާއި، ބާރު ދައްކާލުމުން ރައީސް މުއިއްޒުގެ ވެރިކަމުގެ ހަގީގީ ކުލަތަކުން ހާމަވެގެންދަނީ، ޑިމޮކްރެޓިކް ވެރިކަމެއް ނުވަތަ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ބުރަ މަސައްކަތުން ހޯދި ހައްގުތައް ސާފުކޮށް ގަބޫލު ނުކުރާ ވެރިކަމެއްކަމެވެ.
ފައްޔާޒް ވިދާޅުވީ ސުލްހަވެރި މަސައްކަތްތެރިންގެ ހިނގާލުމަށް ހުރަސްއެޅުމާއި، ބުރާސްފަތި ދުވަހުގެރޭގެ ޒުވާނުންގެ އިހުތިޖާޖަށް އަމާޒުކޮށް ހުރަސްއެޅުމަކީ ޚިޔާލުފާޅުކުރުމާއި، އެއްވެ އުޅުމާއި، މުޒާހަރާކުރުމުގެ އަސާސީ މިނިވަންކަމާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވުން ކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ ހަމައެކަނި ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން، އެއީ ޚުދުމުޚުތާރު ވެރިކަމެއްގައި ބިންވަޅު ނެގިފައިވާ ނުރައްކާތެރި ނިޝާންތަކެއް ކަމަށެވެ.
We strongly condemn the brutal and unjustified attack by the government on peaceful protesters tonight. This shameful display of force reveals the true colours of President Muizzu’s administration, an administration that clearly does not believe in democratic governance or the…
— Fayyaz Ismail (@faya_i) May 1, 2025
ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެން ވަގުތުން ޝަރުޠުތަކާ ނުލައި ދޫކޮށްލުމަށް ފައްޔާޒު ވަނީ ޑިމާންޑް ކުރައްވާފައެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ސުލްހަވެރި މުޒާހަރާ ކުރުމުގެ ހައްގަށް އިހުތިރާމްކޮށް، އަނިޔާވެރިކަމާއި ފިއްތުންތަކުގެ ބިރެއް ނެތި ޑިމޮކްރެޓިކް ޚިޔާލުފާޅުކުރުމުގެ ޖާގައެއް ހޯދައިދޭން ޖެހޭނެކަމަށް ވިދާޅުވިއެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަނިޔާވެރިކަމުން ހިމޭން ނުކުރެވޭނެ ކަމަށާއި، ރައީސް މުއިއްޒު މިކަން މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. ފައްޔާޒު ވަނީ ޒުވާނުންނާއެކު ހުންނެވިކަމަށް ވިދާޅުވެފައެވެ.