ކ. މާލެ
|
29 އޭޕްރިލް 2025 | އަންގާރަ 11:49
ފްރާންސްގައި އޮތް ރަސްމިއްޔާތެއްގައި މެކްރޮން ބައިވެރިވެ ވަޑައިގަންނަވަނީ
ފްރާންސްގައި އޮތް ރަސްމިއްޔާތެއްގައި މެކްރޮން ބައިވެރިވެ ވަޑައިގަންނަވަނީ
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް ހަރުކަށި ކުރައްވާނެ ކަމަށް މެކްރޮން ވިދާޅުވެއްޖެ
ރަޝިޔާ އިން އަމަލު ކުރަމުން އަންނަ ގޮތާ މެދު ނުރުހުންވެ މެކްރޮން ވިދާޅުވީ، އެމެރިކާ އިން ވެސް ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ކަމަށެވެ.

ރަޝިޔާ އިން ޔުކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، ރަޝިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

މެކްރޮން މިހެން ވިދާޅުވީ ފްރާންސްގެ ޕެރިސް މެޗް މަޖައްލާ އަށް ދެއްވި އިންޓަވިޔުއެއްގަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ރަޝިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ. 

މީގެ އިތުރުން މެކްރޮން ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް، ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުއްވުމަށް ގޮވާލައްވާފައިވާ ކަމަށެވެ. އަދި އެ ވާހަކަތައް ދައްކަވާފައި ވަނީ ފްރާންސްގެ ޕޯޕް ފްރާންސިސގެ ޖަނާޒާގައި ބައިވެރިވުމުގެ ތެރެއިން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ ކުރިއަށް އޮތް 15 ވަރަކަށް ދުވަސް އެއީ ވަރަށް މުހިންމު ދުވަސް ތަކެއް ކަމަށެވެ. އަދި ޔުކްރެއިންގެ ހަނގުރާމަ ހުއްޓާލުމަށް އިތުރު މަސައްކަތްތަކެއް ވެސް ކުރައްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިޔާ އިން އަމަލު ކުރަމުން އަންނަ ގޮތާ މެދު ނުރުހުންވެ މެކްރޮން ވިދާޅުވީ، އެމެރިކާ އިން ވެސް ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ކމަށެވެ. އަދި އޭނާގެ މަޤުސަދަކީ އެމެރިކާގެ ވަފުދުގެ ބޭފުޅުން، ޔުކްރެއިންގެ ވެރި ރަށް ކީވް އަށް ވަޑައިގެން، ހަނގުރާމަ ހުއްޓުވުމަށް މަގު ފަހި ކުރުން ކަމަށް ވެސް މެކްރޮން ވިދާޅުވެފައިވެ އެވެ. 

މެކްރޮން ފާހަގަ ކޮށްފައިވާ ގޮތުގައި ޕޯޕް ފްރާންސިސްގެ ޖަނާޒާގެ ތެރެއިން ޔުކްރެއިންގެ ރައީސާ އެކު ބޭއްވި ބައްދަލުވުމުގެ ސަބަބުން ރަޝިޔާ އަށް ޕްރެޝަރު ކުރިމަތިވަމުން އަންނަ ކަމަށެވެ. 

- ކޮމެންޓް