ކ. މާލެ
|
28 އޭޕްރިލް 2025 | ހޯމަ 23:24
މެކް-އަލްބަރޓް ހެންގަރީ
މެކް-އަލްބަރޓް ހެންގަރީ
ނަމީބިއާގެ ރައީސް އޮފީސް / ފޭސްބުކް
ނެމީބިއާގެ ވަޒީރަކު މަގާމުން ދުރުކުރުން
ރޭޕުގެ ތުހުމަތާއެކު ނެމީބިއާގެ ވަޒީރަކު މަގާމުން ދުރުކޮށްފި
މިދިޔަ ހޮނިހިރު ދުވަހު މެކް އަލްބާޓް ހެންގަރީ ހައްޔަރުކުރީ އަނިޔާ ލިބުނު އުމުރުން މިހާރު 21 އަހަރުގެ އަންހެން މީހާއަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.

މީގެ ފަސް އަހަރު ކުރިން 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ނެމީބިއާގެ އެގްރިކަލްޗާ މިނިސްޓަރު މަގާމުން ވަކިކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު މެކް އަލްބާޓް ހެންގަރީ ހައްޔަރުކުރީ އަނިޔާ ލިބުނު އުމުރުން މިހާރު 21 އަހަރުގެ އަންހެން މީހާއަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.

އެއްވެސް ގޯހެއް ކުރި ކަމަށް އިންކާރުކޮށްފައިވާ އުމުރުން 59 އަހަރުގެ ހެންގަރީ ހޯމަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކޯޓުން ވަނީ ދެކޮޅު ހަދާފައެވެ.

މިއީ މިދިޔަ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ނަމީބިއާގެ ފުރަތަމަ އަންހެން ރައީސް ނެޓޫމްބޯ ނަންދީ-ންޑައިތުވާ އަށް ކުރިމަތިވި ފުރަތަމަ ބޮޑު މައްސަލަ އެވެ.

ނެމީބިއާގެ ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވަޒީފާއިން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް ހެންގަރީ ގައުމީ މަޖިލީހުން ވަކިކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ހެންގަރީ މަޖިލީހަށް ނޮމިނޭޓް ކުރެއްވީ ސަރުކާރު ހިންގާ ޕާޓީ، ސްވާޕޯ ތަމްސީލު ކުރެއްވުމަށެވެ. އޭނާގެ މައްޗަށް ތަހުގީގު ކުރަމުން އަންނަ މައްސަލައާ ގުޅުން ހުރި ރަހީނުކުރުމާއި ރޭޕްކުރުމާއި މާރާމާރީ ހިންގުން ފަދަ ދައުވާތަކެއް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން ވެރިރަށް ވިންދޯކްގެ މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރުވީ ހޯމަ ދުވަހު އެވެ.

އޭނާ އާއި އޭނާއާ އެކު މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ދެން އޮންނަ އަޑުއެހުމެއް ތާވަލް ކުރާ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ތިބޭނެ އެވެ. އެމީހުންނަށް ކަފާލާތުގެ ދަށުން ދޫކޮށްލަން އިންކާރު ކުރީ ފިލައިގެން ގޮސްދާނެތީއާއި ހެކިވެރިންނާއި ގުޅަން މަސައްކަތް ކޮށްފާނެތީއެވެ.

އިދިކޮޅު އިންޑިޕެންޑެންޓް ޕެޓްރިއޮޓްސް ފޯ ޗޭންޖް އިން ބުނީ "ރޭޕް ކުރުމާއި ކިޑްނެޕް ކުރުމާއި މަޖުބޫރުކޮށްގެން އެބޯޝަން ހެދުމުގެ ތުހުމަތުގައި" ހެންގަރީ ހައްޔަރުކުރުމަކީ ލީޑަޝިޕްގެ ވަރަށް ބޮޑު ނާކާމިޔާބީއެއް ކަމަށާއި ޖިންސުގެ މައްޗަށް ބިނާކޮށް ކުރާ އަނިޔާއާ ގުޅޭ ގޮތުން ސަރުކާރުން ދައްކާ ވާހަކަތަކުގެ ފުށުއެރުން ހާމަވާ ކަމެއް ކަމަށެވެ.

މިދިޔަ އަހަރު އެކަނިވެސް 4،814 ޖިންސީ އަނިޔާގެ މައްސަލަ ހުށަހަޅާފައިވާ އިރު، މިއީ އެ މައްސަލަތުގެ ތެރެއަށް އިތުރުވި މައްސަލައެއް ކަމަށް ވެސް އިދިކޮޅުން ބުނެފައިވެއެވެ. ނެމީބިއާގެ އާބާދީއަކީ 3 މިލިއަނެވެ.

އަދި މަގާމަށް މީހަކު އައްޔަންކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ނުބަލާ އެ ޕްރޮސެސް ފުރިހަމަކޮށްފައިވާތީ ވަރަށް ބޮޑަށް ފާޑުކިޔައި އެ ޕާޓީން ބުނީ ރައީސް، ހެންގަރީ އައްޔަން ކުރެއްވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށް ކަމަށެވެ.

ރައީސް ނަންދީ-އެންޑައިތުވާ މިދިޔަ މަހު ވަނީ އަންހެނުން ތަމްސީލު ކުރުމަށް ބިންގާ އަޅާ ކެބިނެޓެއްގެ ގޮތުގައި ސިފަކޮށްފައިވާ ކެބިނެޓެއް ދައްކާލާފަ އެވެ. ނައިބު ރައީސް ހިމެނޭ ގޮތަށް 14 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުންނަކީ އަންހެނުންނެވެ.

އުމުރުން 72 އަހަރުގެ ރައީސް ނަންދީ-އެންޑައިތުވާ މިދިޔަ ނޮވެމްބަރު މަހު އިންތިހާބު ކާމިޔާބު ކުރެއްވީ 58 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.

- ކޮމެންޓް