ކ. މާލެ
|
26 އޭޕްރިލް 2025 | ހޮނިހިރު 18:58
ސީޕީގެ މަގާމުގައި ހުންނެވި ސުޖާއު
ސީޕީގެ މަގާމުގައި ހުންނެވި ސުޖާއު
ޕޮލިސް
ޕޮލިސް ކޮމިޝަނަރ، އަލީ ޝުޖާއު
ސީޕީ ކަމުން އިސްތިއުފާ ދެއްވަން ސުޖާއު ނިންމަވައިފި
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަގާމުން އިސްތިއުފާ ދެއްވަން ސުޖާއު ނިންމެވީ ހޮނިހިރު ދުވަހު

ކޮމިޝަނަރ އޮފް ޕޮލިސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން އަލީ ސުޖާއު ނިންމަވައިފި އެވެ.

"ރާއްޖެ އެމްވީ" އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަގާމުން އިސްތިއުފާ ދެއްވަން ސުޖާއު ނިންމެވީ ހޮނިހިރު ދުވަހު އެވެ.

އަދި އެކަން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިތުރުން ފުލުހުންގެ އިސްވެރިންނަށް ވެސް އަންގަވައިފަ އެވެ.

މިކަމާ ގުޅިގެން ސުޖާއުގެ ބަހެއް ހޯދުމަށް މި ނޫހުން ގުޅުމުން އަދި މެސެޖު ކުރުމުން ވެސް ޖަވާބު ދެއްވާފައި ނުވާތީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

- ކޮމެންޓް