ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޔުކްރެއިން އިން އެތައް ފަހަރަކު ޚިލާފުވެފައިވާ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޔުކްރެއިން އިން އެތައް ހާސް ފަހަރެއްގެ މަތިން ޚިލާފުވެފައިވާ ކަމަށެެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުން ޔުކްރެއިން ބާރުތަކުން ވަނީ ރަޝިޔާގެ މަރުކަޒުތަކަށް 444 ފަހަރު ހަމަލާދީފަ އެވެ. އޭގެ އިތުުރުން، 900 އަށް ވުރެ ގިނަ ޑްރޯން ހަމަލާތައް ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ބްރިއަންސްކް، ކާސްކް އަދި ބެލްގޮރޮޑް ސަރަހައްދުތަކަށް ވެސް ހަމަލާ ދީފައިވާކަން ވަނީ ފާހަގަ ކޮށްފަ އެވެ.
އެ ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުން ތެރެއިން ބަޔަކު މަރުވެފައިވާއިރު، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށާއި، އާންމު ތަންތަނަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.