ކ. މާލެ
|
14 އޭޕްރިލް 2025 | ހޯމަ 16:51
ކްރިސްޓިއާނޯ ރޮނާލްޑޯ: އަލް ނަޞްރުގެ މުހިންމު ކުޅުންތެރިއެއް،
ކްރިސްޓިއާނޯ ރޮނާލްޑޯ: އަލް ނަޞްރުގެ މުހިންމު ކުޅުންތެރިއެއް،
އެމްއެސްއެން
ކްރިސްޓިއާނޯ ރޮނާލްޑޯ
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
އުމުުރުން 40 އަހަރުގެ ރޮނާލްޑޯ އަލްނަޞް ރާއި ގުޅުނީ 2023 ވަނަ އަހަރުގައެވެ. އޭރު އެއްބަސްވުމުގައި ސޮއިކުރީ ދެއަހަރާއި ހަމަހުގެ މުއްދަތަށް، އަހަރަކު 75 މިލިއަން ޑޮލަރުގެ މުސާރައަކަށް އަދި މި އެއްބަސްވުން މި އަހަރުގެ ފަހުކޮޅު ހަމަވާނެ

ޕޯޗުގަލް އާއި އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ މުސްތަގުބަލް އާއި މެދު އަލްނަސްރުގެ ނައިބު ރައީސް ޚާލިދު އަލްމާލިކް ވާހަކަދައްކަވައިފިއެވެ.ރޮނާލްޑޯގެ މުސްތަޤްބަލާއި މެދު މީޑިއާތަކުގައި ގިނަ ވާހަތަކެއް ދެކެވެމުން އަންނައިރު، އަލް ނަޞްރާއި އެންމެ ވާދަވެރި އަލްހިލާލް އަދި ރޮނާލްޑޯ އާއި އެންމެ ވާދަވެރި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެމުން އަންނަ އިންޓަރ މައިއާމީ އާއި ގުޅެން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެހެން ނަމަވެސް މި ހުރިހާ ވާހަކައެއް އަލް ނަޞްރުގެ ނައިބު ރައީސް އަލްމާލިކް ވަނީ ދޮގުކޮށްފައެވެ.

ރޮނާލްޑޯ ދިފާއުގައި ވާހަކަދައްކައި އަލްމާލިކް ބުނީ ރޮނާލްޑޯ އަކީ އަލްނަޞްރަށް ވަރަށް ވަފާތެރި ކުޅުންތެރިއެއް ކަމަށާއި އޭނާ ކުލަބުގައި މަޑުކުރާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަން އިއުލާނުވެސް ކުރާނެ ކަމުގައި އަލްމަލިކް ބުންޏެވެ.އުމުުރުން 40 އަހަރުގެ ރޮނާލްޑޯ އަލްނަޞް ރާއި ގުޅުނީ 2023 ވަނަ އަހަރުގައެވެ. އޭރު އެއްބަސްވުމުގައި ސޮއިކުރީ ދެއަހަރާއި ހަމަހުގެ މުއްދަތަށް، އަހަރަކު 75 މިލިއަން ޑޮލަރުގެ މުސާރައަކަށެވެ. މި އެއްބަސްވުން މި އަހަރުގެ ފަހުކޮޅު ހަމަވާނެއެވެ.ރޮނާލްޑޯ ވަނީ އަލްނަސްރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވެސް ހޯދާވާފައެވެ. މިހާތަނަށް 99 މެޗުގައި ކުޅެފައިވާއިރު، 90 ލަނޑު ޖަހައި 19 އެސިސްޓް ހަދާފައި ވެއެވެ. އަދި މި ސީޒަންގައި 35 މެޗުން 32 ލަނޑު ޖަހައި 4 އެސިސްޓް ހަދާފައި ވެއެވެ.ސައުދީ ލީގުގައި އެންމެ ފަހުން އަލްރިޔާދު އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައި ޓީމަށް މުހިންމު ކާމިޔާބީއެއް ހޯދައިދީފައެވެ. ސައުދީ ޕްރޯ ލީގުގައި މިހާރު އަލްނަސްރު އޮތީ ކުޅުނު 27 މެޗުން 57 ޕޮއިންޓާއެކު ތާވަލްގެ 3 ވަނައިގައެވެ.

- ކޮމެންޓް