ކ. މާލެ
|
14 އޭޕްރިލް 2025 | ހޯމަ 10:47
"މުޅި ލާމު ޣައްޒާއާ އެކު" ޕޯސްޓަރ
"މުޅި ލާމު ޣައްޒާއާ އެކު" ޕޯސްޓަރ
ފޭސްބުކް
މުޅި ލާމު ޣައްޒާއާ އެކު
ޢައްޒާގެ ދިފާއުގައި ލާމުގައި އުޅަނދު ބުރެއް ބާއްވަނީ
މި އުޅަނދު ބުރު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު ލ.ލިންކްރޯޑުގަ

ޢައްޒާގެ ދިފާއުގައި ލާމުގައި އުޅަނދު ބުރެއް ބާއްވަން ހަމަޖައްސައިފި އެވެ.

މި ސައިކަލް ބުރު ބާއްވަން ހަމަޖައްސާފައި ވަނީ "މުޅި ލާމު ޣައްޒާއާ އެކު" މި ނަމުގައެވެ.

މި ހަރަކާތަށް ވީހާވެސް ގިނަ ބަޔަކު އައުމަށް ލ.ގަމާއި ލ.ފޮނަދޫ ކައުންސިލްގެ އިތުރުން އެ ދެ ރަށުގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ގޮވާލާފައެވެ. މި ހަރަކާތް އިންތިޒާމްކޮށްފައި ވަނީ އެ ފަރާތްތަކުން ގުޅިގެންނެވެ.

މި އުޅަނދު ބުރު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު ލ.ލިންކްރޯޑުގައެވެ.

- ކޮމެންޓް