ކ. މާލެ
|
24 އޯގަސްޓް 2017 | ބުރާސްފަތި 16:00
އާސެނަލްގެ ފޯވާޑް އެލެކްސިސް ސަންޗޭޒް
އާސެނަލްގެ ފޯވާޑް އެލެކްސިސް ސަންޗޭޒް
ގޫގުލް
އެލެކްސިސް ސަންޗޭަޒް
ސަންޗޭޒް ލިވަޕޫލްއާއި ދެކޮޅަށް ކުޅޭނެ: ވެންގާ
އާސެނަލްއިން ކުޅެފައިވާ އެއްވެސް މެޗެއްގައި އަނިޔާގެ ސަބަބުން ސަންޗޭޒްއަށް ކުޅެވިފައި ނުވޭ

އާސެނަލްއަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް އާދިއްތަ ދުވަހު ލިވަޕޫލް އާއި ދެކޮޅަށް ކުޅޭނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

މި ސީޒަނުގައި އާސެނަލްއިން ކުޅެފައިވާ  އެއްވެސް މެޗެއްގައި އަނިޔާގެ ސަބަބުން ސަންޗޭޒްއަށް ކުޅެވިފައި ނުވެއެވެ. އަދި މި ސީޒަނުގައި އޭނާ އެހެން ޓީމަކަށް ބަދަލުވެދާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

އާސެނަލްއާއި އެކު ސަންޗޭޒް ހަދާފައިވާ  އެއްބަސްވުން އާކޮށްފައި ނުވާއިރު އޭނާ ހޯދުމަށް ވާދަވެރި މެންޗެސްޓާ ސިޓީއިން އަންނަނީ މަސައްކަތް  ކުރަމުންނެވެ.

މެޗުގެ ކުރިން އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވެންގާ ބުނެފައި ވަނީ ސަންޗޭޒް ކުޅުމުގެ ތެރެއަށް އަނބުރާ އައުމަށް ތައްޔާރު ކަމަށާއި އޭނާ ލިވަޕޫލްއާއި ދެކޮޅަށް ކުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި ސަންޗޭޒްއަކީ އޭނާގެ މަސައްކަތަށް ވަރަށް ފަރުވާ ބަހައްޓައިގެން ކުރިޔަށްދާ ކުޅުންތެރިޔެއް ކަމަށާއި އެހެން ޓީމަކުން އޭނާ ހޯދުމަށް މަސައްކަތް ކުރި ކަމުގައި  ވިޔަސް އޭނާގެ ކުޅުމަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެންގާ ބުނެފައިވެއެވެ.

މީގެ އިތުރުން ވެންގާވަނީ ސަންޗޭޒްގެ އެއްބަސްވުން އާ ކުރުމަށް ބޭނުންވާ ކަމަށް ބުނެފައެވެ. ވެންގާއަށް ވަނީ ގިނަ ކުޅުންތެރިންތަކެއްގެ ކޮންޓްރެކްޓު އާ ނުކުރެވުމުގެ ސަބަބުން ގިނަ މައްސަލަތަކަކާއި ކުރިމަތި ލާން ޖެހިފައެވެ.

ބާސެލޯނާއަށް ކުރިން ކުޅުނު 28  އަހަރުގެ ސަންޗޭޒް ހޯދުމަށް ފްރާންސްގެ ޕީއެސްޖީ އަދި ޖަރުމަނުގެ ބަޔާން މއުނިކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ސަންޗޭޒް ވަނީ މިހާތަނަށް އާސެނަލް އަށް ކުޅުނު 145 މެޗުގައި 72 ލަނޑު ކާމިޔާބު ކޮށްފަ އެވެ. ސަންޗޭޒް  ވަނީ ދެ ފަހަރެއްގެ މަތިން ޗިލީއާއިއެކު ކޮޕާއެމެރިކާ ކާމިޔާބު ކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް