ކ. މާލެ
|
31 މާރޗް 2025 | ހޯމަ 13:49
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ސްޕެނިޝް ލީގު
ޖިރޯނާ ބަލިކޮށް، ބާސެލޯނާ އަށް ތިން ޕޮއިންޓުގެ ލީޑެއް
ބާސެލޯނާ އެއް ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 29 މެޗުން 66 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 63 ޕޮއިންޓެވެ.

ސްޕެނިޝް ލީގުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން ލީގު ތާވަލްގެ އެއް ވަނައިގައި ލީޑު ނަގައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ލީޑު ނެގި ނަަމަވެސް، ދެ ވަނަ ހާފުގައި ޖިރޯނާ އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. ނަމަވެސް، އިތުރު ތިން ލަނޑު ޖަހައިގެން ބާސެލޯނާ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަަމަ ހާފުގެ 43 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ލިބުނީ، ޖިރޯނާގެ ލަޑިސްލާވް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަހުން ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ޖިރޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާނައުޓް ޑަންޖުމާ އެވެ.

މެޗުގެ 61 ވަނަ މިނެޓުގައި، ދެ ވަނަ ފަހަރަށް ބާސެލޯނާ އަށް ލީޑު ނަގައިދިނީ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ. އޭގެ ފަހުން މެޗުގެ 77 ވަނަ މިނެޓުގައި އޭނާ ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގައި ބާސެލޯނާގެ ފަހު ލަނޑު، 86 ވަނަ މިނެޓުގައި ޖެހީ ފެރާން ޓޮރޭސް އެވެ.

މޮޅާއެކު ބާސެލޯނާ އެއް ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 29 މެޗުން 66 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 63 ޕޮއިންޓެވެ. ތިން ވަނައިގައި އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 57 ޕޮއިންޓެވެ.

- ކޮމެންޓް