ކ. މާލެ
|
30 މާރޗް 2025 | އާދީއްތަ 12:21
ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުމުގެ ތެރެއިން
ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ފިޠުރު ޢީދު
ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވައިފި
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން އޮތީ، އާދިއްތަ ދުވަހުގެ ހެނދުނު 09:00ން 11:00ށް
ގިނަ އަދަދެއްގެ އާންމު ރައްޔިތުން އީދު ސަލާން ކުރުމަށްޓަކައި ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި

ފިތުރު އީދުގެ މުނާސަބަތުގައި، އީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ބައްދަލުކުރައްވައި، އީދު ސަލާން ކުރައްވައިފި އެވެ.

ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން އޮތީ، އާދިއްތަ ދުވަހުގެ ހެނދުނު 09:00ން 11:00ށް ރައީސްގެ ރަސްމީ ގެ، މުލީއާގޭގަ އެވެ.

މުލީއާގޭގައި ބޭއްވެވި އީދު ސަލާން ކުރެއްވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ އިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވި އެވެ.

މި ބޭފުޅުންގެ އިތުރުން، ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި އާއިލާތައް އީދު ސަލާން ކުރުމަށްޓަކައި ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި އެވެ.

އީދު ދުވަހާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އިންތިޒާމްކޮށްގެން ސަލްޓަން ޕާކު، ޖުމްހޫރީ މައިދާން އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަހައްދުގައި އާދިއްތަ ދުވަހުގެ ހަވީރު ކުރިއަށްގެންދާ އީދު ހަވީރުގައިވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

- ކޮމެންޓް