ކ. މާލެ
|
30 މާރޗް 2025 | އާދީއްތަ 11:48
ފިތުރު ޒަކާތް ދައްކަނީ -ފައިލް ފޮޓޯ
ފިތުރު ޒަކާތް ދައްކަނީ -ފައިލް ފޮޓޯ
މުހައްމަދު ޝަރުހާން
ފިތުރު ޒަކާތް
ފިތުރު ޒަކާތުގެ ފައިސާ އިން، ގައްޒާގެ ކުޑަކުދިންނަށް 5 ލައްކަ ރުފިޔާ ހަދިޔާ ކުރަނީ
ފަގީރުންގެ ލިސްޓުގައި ޖުމްލަ ތިބީ 2،765 މީހުން
ފަގީރުންގެ ދަފްތަރުފައިވާ ކޮންމެ ފަރުދަކަށް ފިތުރު ޒަކާތުގެ ގޮތުގައި 4500 ރުފިޔާ ޖަމާކޮށްފައިވޭ
ގޮވާމުން މާލެ އޭރިއާގެ ކޮންމެ ފަގީރަކަށް 15 ކިލޯ ދީފައިވޭ

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން، ގައްޒާގެ ކުޑަކުދިންނަށް 5 ލައްކަ ރުފިޔާ ހަދިޔާ ކުރަން ނިންމައިފި އެވެ.

ފަގީރުންގެ ލިސްޓުގައި ޖުމްލަ ތިބީ 2،765 މީހުންނެވެ. އެހެންކަމުން ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު ބަހާފައިވަނީ 12.4 މިލިއަން ރުފިޔާ އެވެ.

ފިތުރު ޒަކާތާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވީ ފަގީރުންގެ ދަފްތަރުފައިވާ ކޮންމެ ފަރުދަކަށް ފިތުރު ޒަކާތުގެ ގޮތުގައި 4500 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. 5 ލައްކަ ރުފިޔާ ފަލަސްތީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯ ތަކެއްޗަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ގޮވާމުން މާލެ އޭރިއާގެ ކޮންމެ ފަގީރަކަށް 15 ކިލޯ ދީފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މިއަހަރަކީ ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރުކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ ދަފްތަރު ކުރެވިފައިވާ ފަގީރުންނަށް އެއް ހަމައަކުން އެންމެ ގިނަ ފައިސާ ޖަމާކުރެވުނު އަހަރު ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރު ޒަކާތަށް ފައިސާގެ ގޮތުގައި ޖުމުލަ 13،264،819 ރުފިޔާ ލިބިފައިވެއެވެ. 2024 ވަނަ އަހަރު ލިބިފައިވަނީ 12،594،777.92 ރުފިޔާއެވެ. 2023 ވަނަ އަހަރު 12،691،506.08 ރުފިޔާ ލިބިފައިވާއިރު، 2022 ވަނަ އަހަރު 11،669،385.10 ރުފިޔާ ލިބިފައިވެ އެވެ.

- ކޮމެންޓް