ކ. މާލެ
|
24 އޯގަސްޓް 2017 | ބުރާސްފަތި 14:02
އެޓްލެޓިކޯގެ ފޯވާޑް ގްރީޒްމަން
އެޓްލެޓިކޯގެ ފޯވާޑް ގްރީޒްމަން
ޓްވިޓަރ
ގްރީޒްމަން
ގްރީޒްމަން ދެ މެޗަށް ސަސްޕެންޑު ކޮށްފި
ގްރީޒްމަން ސަސްޕެންޑު ކުރީ އޭނާ ރެފްރީއާ މުހާތަބުކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމުން

އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއީން ގްރީޒްމަން ދެ މެޗަށް ސަސްޕެންޑު ކޮށްފިއެވެ.

ގްރީޒްމަން ދެ މެޗަށް ސަސްޕެންޑްކޮށްފައި ވަނީ ސްޕެނިޝް ލަލީގާގައި އެޓްލެޓިކޯ މެޑްރިޑާއި އަލަށް ޕްރޮމޯޓުވި ޖިރޯނާއާ ދެމެދެ ކުޅެވުނު މެޗުގައި އޭނާ ރެފްރީއާ މުހާތަބުކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމުންނެވެ.

އެ މެޗުގައި ގްރީޒްމަންއަށް ވަނީ ދެ ރީނދޫ ކާޑަ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ފުރަތަމަ ރީނދޫ ކާޑު ދައްކާފައި ވަނީ ޑައިވްކުރި ކަމަށް ރެފްރީ ނިންމުމުންނެވެ. ރެފްރީގެ މި ނިންމުމާ ގުޅިގެން އޭނާ ވަނީ ނުރުހުން ފާޅުކޮށް ރެފްރީއާ ހަޑިހުތުރު ބަހުން މުހާތަބު ކޮށްފައެވެ. ގްރީޒަމަންގެ މި އަމަލުގެ ސަބަބުން ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނާލިއެވެ.

މި މެޗުގައި ރެފްރީކަން ކުރި ހުއާން މާޓިނޭޒް މި މައްސަލަ ސްޕެއިންގެ ފުޓުބޯޅަ އިދާރާގެ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ވަނީ ގްރީޒްމަން ދެ މެޗަށް ސަސްޕެންޑުކޮށް 600 ޔޫރޯއިން ޖޫރިމަނާ ކުރުމަށް ނިންމާފައެވެ. މީގެ އިތުރުން އޭނާގެ ޓީމު އެޓްލެޓިކޯ މެޑްރިޑު ވެސް 700 ޔޫރޯއިންވަނީ ޖޫރިމަނާ ކޮށްފައެވެ.

ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ ގްރީޒްމަންގެ މި އަމަލަކީ އެއްވެސް ކުޅުނުތެރިޔެއްގެ ފަރާތުން ފެންނަން ޖެހޭނެ އަމަލެއް ނޫން ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ރެފްރީންގެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

މި ސަސްޕެންޝަނުގެ ސަބަބުން ސްޕެނިޝް ލަލީގާގައި ލަސް ޕަލްމާސް އަދި ވެލެންސިއާ ދެކޮޅަށް އެޓްލެޓިކޯ ކުޅޭ މެޗުތަކުގައި އޭނާއަށް ނުކުޅެވޭނެއެވެ.

ގްރީޒްމަންއަށް މިފަދަ ސަސްޕެންޝަނެއް އައިސްފައިވާއިރު ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ފަސް މެޗަށް ސަސްޕެންޑުކޮށްފައެވެ. އޭނާ ސަސްޕެންޑު ކޮށްފައިވަނީ ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން ރެފްރީގެ ބުރަކަށީގައި އަތް އަޅާ ކޮއްޕާލުމުގެ ސަބަބުންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް