ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ ހާއްސަ އުސޫލެއް އެކުލަވާލައި ގެޒެޓުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން އެކުލަވާލައި ގެޒެޓް ކުރި މި އުސޫލަކީ ޙައްޖާއި ގުޅޭ މުހިއްމު ކަންކަމެއް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އުސޫލެކެވެ. މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިޔުމަށް ހުއްދަ ދިނުމާއި، ޙައްޖުގެ ކޯޓާއާ މެދު ޢަމަލުކުރާނެ ގޮތާއި ޙައްޖުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އެންމެހައި ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ކަންކަމާ އެއްގޮތަށް ޙައްޖުގެ ޚިދުމަތްދޭ ފަރާތުން ޢަމަލުކުރަމުންދާކަން ކަށަވަރުކުރުމާ ގުޅޭގޮތުން އެކުވަލައިފައިވާ އުސޫލެކެވެ.
މި އުސޫލާއެކު ޙައްޖާ ގުޅޭގޮތުން ރައްޔިތުންނަށް ލުއި އަގެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމާއި، ޙައްޖަށް ދިއުމުގެ ގަސްތުގައި ރައްޔިތުން ދައްކާ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ގޮތުން، ޙައްޖަށް ދިއުމަށް ޓަކައި އެއްކޮށް ފައިސާ ދެއްކޭ ގޮތަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކޭނެފަދަ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ޙައްޖު ކިއު ލިސްޓު ކުޑަކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ކަނޑައަޅާފައެވެ.
މި އުސޫލުގެ ދަށުން ދިވެހި ރައްޔިތުން ހައްޖަށް ގެންދިޔުމުގެ ޚިދުމަތް ފޯރުކޮށްދޭނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމާއި ޙައްޖު ކިއު ކުޑަކުރުމުގެ ގޮތުން ފައިސާ ދައްކާ ފަރާތްތަކަށް ޙައްޖަށް ދިޔުމުގެ ފުރުސަތު ދިނުމުގެ ގޮތުން ސިޔާސަތަށް ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެއީ:
ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުhttps://t.co/bQKuHRMIJ7
— Ministry of Islamic Affairs (@MVIaffairs) March 18, 2025
މި އުސޫލާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ 6.6ގެ ދަށުން، ލުއި އަގެއްގައި ޙައްޖަށް ގެންދިއުމަށް މަގުފަހިކުރުމުގެ ވަޢުދުގެ ދަށުން، ދިވެހިރައްޔިތުން ހައްޖަށް ގެންދާނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުންނެވެ.
އަދި ޙައްޖު ކޯޕަރޭޝަންގެ ކިއު ލިސްޓުން ޖާގަ ކަށަވަރުކޮށްފައިވާ ފަރާތްތަކަށް ރައީސް މުއިއްޒު ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ވީ އެންމެ އަވަހަކަށް ޙައްޖަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދެވިގެންދާނެ ކަމަށް މި އުސޫލުގައި ބުނެފައި ވެއެވެ.