ކ. މާލެ
|
16 މާރޗް 2025 | އާދީއްތަ 21:23
އަދަދު ނޫހުގެ ސީއީއޯ ފިޔާޒް
އަދަދު ނޫހުގެ ސީއީއޯ ފިޔާޒް
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް ފިޔާޒަށް އިންޒާރު ދިނުން
ފިޔާޒަށް ރައީސް އިންޒާރު ދިން މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގަން ޓްރާންސްޕޭރެންސީ އިން ގޮވާލައިފި
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަނީ މާރޗު 14، 2025 ދުވަހުގެ ރޭގެ 19:04 ގައި 'އަދަދު' ނޫހުގެ ސީއީއޯ އަށް ވަނީ އިންޒާރުދީފައި
ޓްރާންސްޕޭރެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނޫސްވެރިކަން ކުރުމަށް މިނިވަން މާހައުލެއް ފަހިވެފައި އޮތުމަކީ ޑިމޮކްރެޓިކް މުޖުތަމަ އުއެއް ދުޅަހެޔޮކޮށް އޮތުމަށްޓަކާ ވަރަށް މުހިންމު ކަމެއް ކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަށް އިންޒާރު ދިން މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މާރޗު 14، 2025 ދުވަހުގެ ރޭގެ 19:04 ގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ، އަދި ސީ.އީ.އޯ، ޙުސައިން ފިޔާޒު މޫސާއަށް ގުޅާ އިންޒާރު ދެއްވާފައިވާ މައްސަލަ އަދަދު ނޫހުން ވަނީ ޕޮލިހަށް ހުށަހަޅާފައެވެ.

ޓްރާންސްޕޭރެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނޫސްވެރިކަން ކުރުމަށް މިނިވަން މާހައުލެއް ފަހިވެފައި އޮތުމަކީ ޑިމޮކްރެޓިކް މުޖުތަމަ އުއެއް ދުޅަހެޔޮކޮށް އޮތުމަށްޓަކާ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި މައްސަލަ އާއި މެދު މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނޫސްވެރިންނަށް ބިރު ދެއްކުމުގެ މައްސަލަތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށް ޓްރާންސްޕޭރެންސީ އީން ވަނީ ގޮވާލާފައެވެ.

އަދަދު ނޫހުން ބުނީ ރައީސުލްޖުމްހޫރިއްޔާ، ހުސައިން ފިޔާޒު މޫސާއަށް ގުޅުއްވާ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ބޭފުޅަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާތީ އެކަމާ ކޯފާވެގެން ވާހަކަދައްކަވާފައިވާ ކަމަށެވެ. އަދި ނޫސްވެރިޔާ ހުސައިން ފިޔާޒު މޫސާއަށް ގުޅުއްވައި އަދަދު ނޫހާއި ފިޔާޒާއި މެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް އިންޒާރު ދެއްވާފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފަ އެވެ.

- ކޮމެންޓް